- Advertisement -ad image

މުރަނގަފަތް ބޭނުންކުރަން އެންމެ ރަނގަޅީ ތާޒާކޮށް!

ad image

ގުޅުންހުރި ލިޔުންތައް

މުރަނގަފަތޭ ބުނުމުން އަޅުގަނޑުމެންގެ ގިނަބަޔަކަށް ހަދާންވެގެންދަނީ ތެލުލި މުރަނގަފަތްމަތިންނެވެ. އެއީ ކޮންމެ ގެއެއްގައިވެސް ހުންނަންޖެހޭ އެއްޗަކަށް ވަނީވެފައެވެ. އެހެނަސް މުރަނގަފަތް ތެލުލުމުން އޭގައިހިމެނޭ އެތަކެއް ފައިދާތަށް ތެލަށް ދޫވެގެންއަންނަތަން އާދެއެވެ. އަދި ކިތަންމެ ރަހަމީރަސް ފައިދާއަށްވުރެ ބޮޑަށް ގެއްލުންދޭ އެއްޗަކަށްވެގެންދެއެވެ.

މުރަނގަފަތަކީ އޭގައި ކެލްޝިއަމް އާއި އަޔަން އަދި ބީޓާ ކެރޮޓިން ގިނަ އަދަދަކަށް އެކުލެވޭ ފަތެކެވެ. ހަމައެއާއެކު ޒިންކާއި ޕޮޓޭޝިއަމް އަދި ވިޓަމިން ބީ އަކީވެސް އެ ފަތުގައި އެކުލެވޭ، ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތަކެކެވެ. އެހެނަސް މިފަތް ތެލުލުމުން އޭގައި ހިމެނޭ މުހިންމު މާއްދާތަށް ތެލަށްދޫވެ، ގިނަވަޤުތު ކައްކާފައިހުރި ތެޔޮގަނޑެއް ފަތުގައި އެކުލެވިގެންދާތަން އާދެއެވެ.

ލޭމައްޗަށް ދިއުމާއި، ކޮލެސްޓްރޯލް މަތިވުމާއި، ހޯމޯން އިމްބެލެންސާއި، ތައިރޮއިޑް ބަލިފަދަ އެކިއެކި ބަލިތަށް ހުންނަ ބޭފުޅުންނަށް މިފަތް ވެގެންދާނީ މުހިންމު ފަތަކަށެވެ. އެ ފަތް އާންމުކޮށް ބޭނުންކުރާ ނަމަ ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށްދޭނެ އެވެ. ކޮލެސްޓްރޯލް މަތިވުން ފަދަ މައްސަލަތަކަކީ ހިތުގެ ބަލިތަކަށް ވެސް މަގުފަހިވާ ކަންކަމަށްވާތީ އާންމުކޮށް މުރަނގަފަތް ކާ ނަމަ ކޮލެސްޓްރޯލް ދަށްކޮށްދޭނެކަމަށް ދިރާސާތަކުން ދައްކައެވެ.

ޒީރޯ ފެޓް، ޒީރޯ ކެލަރީސް އަދި ޒޭރޯ ޝުގަރ ހިމެނޭ މިފަތަކީ ތެލުލުމުން އޭގައި އެތަކެއް ކެލަރީސްއާއި ފެޓްސް އެކުލެވިގެންދާ ފަތެކެވެ. ކުރިންވެސް ދެންނެވިފަދައިން މުރަނގަފަތުން ކޮލެސްޓްރޯލްއަށް ފައިދާކުރަނިވި ބަދަލުތަކެއް ގެންނައިރު މިފަތް ތެލުލުމުން އޭގައި އެލްޑީއެލް ކޮލެސްޓްރޯލް އެކުލެވި ކޮލެސްޓްރޯލްގެ ބަލި ތަހަންމަލުކުރާ ބޭފުޅުންނަށް ގެއްލުން ހުރި އެއްޗަކަށްވެގެންދެއެވެ.

މުރަނގަފަތުގެ ސަބަބުން ހަކުރުބަލި ހުންނަ މީހުންގެ ލޭގައި ހުންނަ ގްލޫކޯޒްގެ މިންވަރު ރެގިއުލޭޓް ކުރުމަށް އެހީތެރިވެދެ އެވެ. ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ޖަނަވާރުތަކާއި އެކު ކޮށްފައިވާ ޓެސއޓުތަކުން ޕޮޒިޓިވް ނަތީޖާތަކެއް ލިބިފައިވެ އެވެ. ބައެއް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިފަތް ބޭނުންކުރުމަކީ ކެއުމަށްފަހު ގްލޫކޯޒްގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ. 

މީގެއިތުރުންވެސް މުރަނގަފަތުން ކޮށްފައިވާ  ލެބޯޓްރީ ދިރާސާއެއްގައި މިފަތުން އިންސާނާގެ ޕެންކްރިއޭޓިކް ކެންސަރު ސެލްތައް ބޮޑުވުން ލަސްކޮށްދީ، ކީމޯތެރަޕީ ބޭސްތަކުގެ އަސަރު ރަނގަޅުކޮށްދީފައިވެއެވެ. އެހެންކަމުން ގަވާއިދުން މުރަނގަފަތް ބޭނުން ކުރުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭނެ ކަމެކެވެ. އެއީ މޫސުމީ ރޯގާތަކާއި އެހެނިހެން ބަލިމަޑުކަމުން ހަށިގަނޑު ދިފާއު ކުރުމަށް އެހީތެރި ވެދޭ މުހިންމު ފަތެކެވެ. އެކަމަކު މިފަތް ކާންވީ ތާޒާކޮށެވެ. ބަތްކާއިރު ތައްޓައް ފަތްކޮޅެއް އެއްކޮށްލައިގެންނެވެ. ނުވަތަ ބިސްގަނޑަށް އަޅައިގެންނެވެ. ސަޓަނިވެސް ހެދިދާނެއެވެ. އޭގެ ފަތް ކައްކައިގެން ސައިވެސް ބޮވިދާނެއެވެ. ތެލުލިފަތުން ހަށިގަނޑަށް ގެއްލުންދޭތީ މިފަތް ދޫނުކޮށްލާށެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ