އާދަޔާ ހިލާފަށް “ހެޕަޓައިޓިސް އޭ” ފެތުރެމުންދާތީ މިކަމާއި ސްޓްރޯބެރީސް އާ ގުޅުމެއް ވޭތޯ ބަލަން އެމެރިކާއިން ތަހުގީގު ކުރަން ފަށައިފި އެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އާއި ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލް އެންޓް ޕްރިވެންޝަނުން ބުނިގޮތުގައި ހެޕަޓައިޓިސް އޭ އައުޓްބްރޭކް އާއި ދެ ބްރޭންޑެއްގެ ސްޓްރޯބެރީސް އާއި ގުޅެމެއް ވާކަމަށް ވަނީ ބެލެވިފަ އެވެ. މި ސްޓްރޯބެރީތައް ވަނީ އެމެރިކާ އަދި ކެނެޑާގައި ވިއްކާފައެވެ.
ފްރެޝްކަމްބޯ އަދި އެޗްއީބީ ބްރޭންޑްގެ ސްޓްރޯބެރީސް އުފައްދާ މި އަހަރުގެ މާރޗް 5ން އޭޕްރިލް 25 ގެ ދޭތެރޭގަ އެވެ. އެހެންކަމުން މި މުއްދަތުގައި އުފައްދާފައި ހުރި ކި ދެ ބްރޭންޑްގެ ސްޓްރޯބެރީ ބޭނުންނުކުރުމަށް އެފްޑީއޭއިން ވަނީ އިރުޝާދު ދީފައެވެ.
މިހާތަނަށް ހެޕަޓައިޓިސްގެ އެންމެ ގިނަ ކޭސް ފެނިފައިވަނީ މީގެ ސްޓްރޯބެރީ ގިނަ އަދަދަކަށް ވިކުނު ކެލިފޯނިއާއިންނެވެ. އެގޮތުން މި ބަލި ދެނެގަނެވުނު އެންމެން އެ ބްރޭންޑްގެ ސްޓްރޯބެރީ ކައިފައިވާކަމަށް އެފްޑީއޭއިން ވަނީ ބުނެފަ އެވެ.
މި ބަލި 17 މީހުންނަށް ޖެހިފައި ވާއިރު 12 މީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ހެޕަޓައިޓިސް އޭ އަކީ ފުއްޕާމެއްޖެހޭ ނުރައްކާތެރި ބައްޔެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ވަރުބަލިވުން، ހޮޑުލެވުން، ބަނޑުގައި ރިއްސުން، ރީނދޫވުން، ކުޑަކަމުދާ އަދި ބޮޑުކަމުދާ ތަކެތީގެ ކުލަ ބަދަލުވުން ހިމެނެ އެވެ.