- Advertisement -ad image

ކޮފީ ބޯ މީހުންގެ އުމުރު ދިގު – ދިރާސާ

ad image

ގުޅުންހުރި ލިޔުންތައް

ކޮފީ ބޯ މީހުންގެ އުމުރު ކޮފީ ނުބޯ މީހުންނަށްވުރެ ދިގުކަމަށް ދާދިފަހުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

އަނަލްސް އޮފް އިންޓާރނަލް މެޑިސިންގައި ޝާއިއުކޮށްފައިވާ މި ދިރާސާ ހަދާފައިވަނީ 1،71000 އަށްވުރެ ގިނަ މީހުންގެ މެދުގަ އެވެ. 7 އަހަރުވަންދެން ކުރިއަށް ދިޔަ މި ދިރާސާގައި ބައިވެރިންގެ ކެއުންބުއިމުގެ އާދަތައް ވަނީ ދެނެގަނެފަ އެވެ.

މި ދިރާސާއަށްފަހު ރިސާޗަރުން ބުނިގޮތުގައި މި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ކޮންމެ ދުވަހަކު ކޮފީއަށް ހަކުރު އަޅައިގެން ބުއި 31 އިންސައްތަ މީހުންގެ ސިއްހީ މައްސަލަތައް މަދެވެ. ނަމަވެސް ކޮފީ ނުބޯ މީހުންގެ މި މައްސަލަތައް ގިނަކަމަށް ވަނީ ބުނެފަ އެވެ.

ޗައިނާގެ ސަދަރން މެޑިކަލް ޔުނިވަރސިޓީގެ ރިސާޱމޗަރުން ބުނިގޮތުގައި މީގެ ކުރިންވެސް ހެދި ދިރާސާތަކުން ކޮފީ ބުއިމުން މީހާ ދުޅަހެޔޮ ސިއްހަތެއްގައި ހުންނަކަމަށް ހެކިވަނީ ލިބިފަ އެވެ. އެހެންނަމަވެސް މި ދިރާސާގައި ބައިވެރިވި މީހުންނަކީ ހަކުރު އަޅައިގެން ކޮފީ ބޯ މީހުންކަމެއް ހާމަކޮށްފަ އެއް ނުވެއެވެ.

އެހެންނަމަވެސް ރިސާޗަރުން ވަނީ ކޮފީ ބުއި ނަމަވެސް އޭގެއިތުރުން ސިއްހަތަށް ގެއްލުން ހުރި ބުއިން ބޯނަމަ އުމުރު ކުރުވެދާނެކަމަށް ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ