Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ތަރުކާރީ އާއި މޭވާ – އޭޑީއެޗްޑީއަށް ލުޔެއް

ad image

ގުޅުންހުރި ލިޔުންތައް

ސެންޓަރ ފޯރ ޑިޒީސް ކޮންޑްރޯލް އެންޑް ޕްރިވެންޝަންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައު ޅައުމުރުގައި ކުދިންނަށް ދިމާވާ އެންމެ އާންމު ނިއުރޯޑިވެލޮޕްމަންޓް ކޮންޑިޝަން އަކީ އެޓެންޝަން ޑެފިސިޓް ހައިޕަރ އެކްޓިވިޓީ (އޭޑީއެޗްޑީ) އެވެ. ދުނިޔޭގެ 5 އިންސައްތަ ކުޑަކުދިންނަކީ މިކަން ތަހައްމަލް ކުރަމުންދާ ކުދިންނެެވެ.

އޭޑީއެޗްޑީ ހުރިކަން އާންމުކޮށް ދެނެގަނެވެނީ ކުއްޖާގެ އުމުރުން 5 – 11 އަހަރާއި ދެމެދުގަ އެވެ. ނަމަވެސް ބައެއް ކޭސްތަކުގައި ކުއްޖާ ބޮޑުވެ ފުރާވަރަށް އެޅޭފަހުންވެސް މި ކަން ދެނެގަނެވިފައި އެބަހުއްޓެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އަންހެން ކުދިންނަށްވުރެ ބޮޑަށް ފިރިހެން ކުދިންގެ ފުށުން މިކަން ފާހަގަވާވަރު އިތުރެވެ.

ކުޑަކުދިންގެ ފުށުން ފެންނަ އޭޑީއެޗްޑީގެ އަލާމާތްތަކުގެ ތެރޭގައި:

  • [ ] ޑޭ ޑްރީމިން
  • [ ] ކަންކަމަށް ސަމާލުކަން ދިނުމަަށް އުނދަގޫވުން
  • [ ] އަވަހަށް އެއްޗެހި ގެއްލުން
  • [ ] ކެތްތެރިކަން ކުޑަވެ އުނދަގޫވެފައި ހުރުން
  • [ ] އިރުޝާދާ އެއްގޮތަށް އަމަލުކުރަން އުނދަގޫވުން
  • [ ] ގިނައިން ވާހަކަދައްކާ އެކި އަޑުލެއްވުން
  • [ ] ރިސްކް ނެގުން

މި އަލާމާތްތަކަކީ އޭޑީއެޗްޑީ ހުންނަ ހުރިހާ ކުދިންގެ ފަރާތުން ފެންނަ އަލާމާތްތަކެއް ނޫނެވެ. މި ބަލި ދެނެގަންނަނީ އާއްމި ދިރިއުޅުމުގައި އަދި ސްކޫލްގައި އުޅޭއިރު މި ކަންކަން ދިމާވާ މިންވަރަށް ބިނާކޮށެވެ. ނަމަވެސް ސިއްހީގޮތުން ހޯދިފައިވާ ހޯދުންތަކުގެ އެހީގައި އޭޑީއެޗްޑީއަށް ލުޔެއް ހޯދިދާނެ އެވެ.

މިހާތަނަށް ކޮށްފައިވާ ހުރި ގިނަ ދިރާސާތަކުން ވަނީ ދުޅަހެޔޮ ކާނާ އޭޑީއެޗްޑީއިން ލުޔެއް ލިބުމަށް މުހިއްމު ރޯލެއް އަދާކުރާކަން ހޯދިފަ އެވެ. މީގެތެރެއިންވެސް ވަކި ބާވަތެއްގެ ކާނާތަކާއި އޭޑީއެޗްޑީގެ އަލާމާތްތައް އިތުރުވުން އަދި ލުއިވުން ވެސް ގުޅިފައި ވެއެވެ.

އެމެރިކާގެ ނެޝަނަލް ނިއުރޯސައިންސްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ވާގޮތުން މޭވާ އާއި ތަރުކާރީގެ އެހީގައި އޭޑީއެޗްޑީއަށް ލުޔެއް ހޯދިދާނެ އެވެ.

މި ދިރާސާ ހެދުމަށްވަނީ 134 ކުޑަކުދިންގެ އިމޯޝަނަލް ޑިސްރެގިއުލޭޝަން ބަލާފައެވެ. މައިކްރޯނިއުޓްރިއެންޓްސް ފޯރ ޔޫތް އިން އޭޑީއެޗްޑީގެ (މޭޑީ) އިން ނެގި ޑާޓާތަކަށް ފަހު ރިސާޗަރުން ވަނީ ދުޅެހެޔޮ ކާނާއިން މިކަން ލުއި ކުރެވޭނެކަން ހޯދާފަ އެވެ.

ދިރާސާއިން ދެއްކި ގޮތުަގައި ގޮވާމުގެ ބާވަތްތައް މަދުން ބޭނުންކުރާ ކުދިންގެ ސަމާލުކަން ކުޑަވުން އިތުރެވެ. މީގެކުރިން ހެދި ދިރާސާއަކުން ވެސް ވަނީ މިކަން ހޯދިފަ އެވެ.

ހަމައެހެންމެ ގިނަ އަދަދަކަށް މޭވާ އާއި ތަރުކާރީ ކާނަމަ އޭޑީއެޗްޑި ހުންނަ ކުދިން ކަންކަމަށް ސަމާލުކަން ދނުމަށް ފަސޭހަވެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. […] ސެންޓަރ ފޯރ ޑިޒީސް ކޮންޑްރޯލް އެންޑް ޕްރިވެންޝަންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައު ޅައުމުރުގައި ކުދިންނަށް ދިމާވާ އެންމެ އާންމު ނިއުރޯޑިވެލޮޕްމަންޓް ކޮންޑިޝަން އަކީ އެޓެންޝަން ޑެފިސިޓް ހައިޕަރ އެކްޓިވިޓީ (އޭޑީއެޗްޑީ) އެވެ. ދުނިޔޭގެ 5 އިންސައްތަ… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ