- Advertisement -ad image

ޖަޕާނުގައި އޮފީސް ވަގުތު ނިދުމަކީ މައްސަލައެއް ނޫން!

ad image

ގުޅުންހުރި ލިޔުންތައް

ގިނަ ޤައުމުތަކުގައި އޮފީސް ވަގުތުގައި ނިދުމަކީ އޭގެ ސަބަބުން ވަޒީފާ ގެއްލިގެން ދާފަދަ ކަމެކެވެ. ވަޒީފާގެ ގަވާއިދާއި ހިލާފުވެ، އެ ނިދުނު މީހަކާއި ދިމާލަށް އެތައް އެއްޗެއް ގޮވާ ޖެއްސުންކުރާ ހިސާބަށް ވެސް މިކަން ދެއެވެ.

ނަމަވެސް ޖަޕާނުގައި މިކަން ހިނގަނީ މުޅިން ތަފާތުކޮށެވެ. އެ ޤައުމުގެ ގިނަ އޮފީސްތަކުގައި ވަޒީފާގެ ގަޑިތަކުގައި ކޮންމެ މީހަކަށް ވަގުތުކޮޅެއް ނިދާލަން ދިނުމަށް ލާޒިމް ކުރެއެވެ. އަދި ބައެއް އފީސްތަކުގެ ކެބިންތަކުގައި ނިދުމަށް ހާއްސަކޮށް އެނދުވެސް ބަހައްޓާފައި ހުރެއެވެ.

ޖަޕާނުގެ ބަހުން “އިނެމުރީ” އަކީ ޑިޔުޓީގެ ވަގުތުގައި ނިދުމެވެ. މިކަމާއި ގުޅުވައި ޖަޕާނުގެ ޑޯވްނިން ކޮލެޖް، ކޭމްބްރިޖްގެ ލެކްޗަރ ބްރިގިޓޭ ސްޓެގަރ ފޮތެއްވެސް ލިޔެފައި ވެއެވެ.

މި ފޮތުގައި ވާގޮތުން ޑިޔުޓީގައި ބުރަ މަސައްކަތް ކުރުމަކީ މީހާ ވަރުބަލިވާ ކަމެކެވެ. އެހެންކަމުން މިކަމަށް އޮތް އެންމެ ފަސޭހަ ހައްލަކީ ވަޒީފާގެ ވަގުތުގައި ކުޑަކޮށް ނިދާލުން ކަމަށް ވަނީ ބުނެފަ އެވެ.

spot_img

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ