ޓޮމާޓޯ އަކީ ކެެއުގައި ބޭނުން ކުރުމުންވެސް ގިނަ ގުނަ ފައިދާތަކެއް ހަށިގަނޑަށް ލިބިދޭ އެއްޗެކެވެ. ހަމައެއާއެކު މޫނުގެ ހަންގަނޑުގައި ޓޮމާޓޯ އުނގުޅުމުންވެސް އެތައް ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި ހަންގަނޑު މުސްކުޅިވުމުން ދުރުކޮށްދިނުމާއި އަވި ޖެހުމުން ލިބޭ ގެއްލުމުން ސަލާމަތްވުމުގެ އިތުރަށް އަވިން އަނދާފައި ހުންނަ ހަންގަނޑުވެސް ރީތިކޮށްދެއެވެ.
ޓޮމާޓޯ މޫނުގައި އުނގުޅުމުން އެއްވެސް ސައިޑް އިފެކްޓެއް އައިސްދާނެތޯ ގިނަ ބަޔަކު ސުވާލު ކުރެއެވެ. ނަމަވެސް ކޮންމެ އެއްޗެއްވެސް އާއްމުކޮށް ބޭނުން ކުރަން ފެށުމުގެ ކުރިން އެއީ އެމީހެއްގެ ހަންގަނޑާ ގުޅޭ އެއްޗެއްތޯ ބަލަންޖެހެއެވެ.
ޓޮމާޓޯގެ ކޮންމެ މިކްސްޗަރ އެއް އެންމެންގެ ހަންގަނޑާ ނުގޅުންވެސް އެކަށީގެންވެއެވެ. އެހެންވީމާ ކިރިޔާވެސް ހަންގަނޑު ހިރުވާ ކަހަލަ އަލާމާތެއް ފެނިއްޖެނަމަ އެންމެ ރަނގަޅީ އެ އެއްޗެއް ބޭނުން ނުކުރުމެވެ. ރަނގަޅު އަވަސް ނަތީޖާއެއް ބޭނުންނަމަ ހަފުތާއަކު ތިންފަހަރު ޓޮމާޓޯ ބޭނުން ކުރެވިދާނެއެވެ.
ކޮންމެ އެއްޗަކާ އެއްކޮށްގެން މޫނުގައި ޓޮމާޓޯ އުނގުޅިއަސް ބަހައްޓަން އެންމެ ރަނގގަޅީ 15-20 މިނެޓާއި ދޭތެރޭގައެވެ.
[…] ޓޮމާޓޯ އަކީ ކެެއުގައި ބޭނުން ކުރުމުންވެސް ގިނަ ގުނަ ފައިދާތަކެއް ހަށިގަނޑަށް ލިބިދޭ އެއްޗެކެވެ. ހަމައެއާއެކު މޫނުގެ ހަންގަނޑުގައި ޓޮމާޓޯ އުނގުޅުމުންވެސް އެތައް ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި ހަންގަނޑު މުސްކުޅިވުމުން ދުރުކޮށްދިނުމާއި އަވި ޖެހުމުން ލިބޭ… އިތުރަށް ވިދާޅުވޭ […]