- Advertisement -ad image

މި ކިޔައިދެނީ މޫނުގެ ހަންގަނޑު ދޮން ކޮށްލެވިދާނެ 10 ކާނާ!

ad image

ގުޅުންހުރި ލިޔުންތައް

ރީތި ދޮން މޫނެއްގެ ވެރިއަކަށް ވުމަށްޓަކައި އެކި މީހުން ކުރަނީ އެކި ކަހަލަ މަސައްކަތެވެ. ސްޕާއަށް މަހަކު އެތައް ހާސް ރުފިޔާއެއް އެއްބަޔަކު ހަރަދުކުރާއިރު، އަނެއް ބަޔަކު ގޭގައި ތަފާތު ރެމެޑީތައް ހަދައިގެން މޫނުގައި އުގުޅަ އެވެ.

މޫނުގެ ހަންގަނޑު ދޮންވުމަށް ހަމައެކަނި ބޭރުން އުނގުޅާ ކްރީމް ނުވަތަ ހޯމް ރެމެޑީ އަކުން އަދި ނުފުދެ އެވެ. މީގެ އިތުރުން ކެއުމަށް ބޭނުންކުރާ ތަފާތު ކާނާގެ ސަބަބުން މިކަން ކުރުމަށް އިތުރަށް ފަސޭހަ ވެއެވެ. ޑައިޓްގައި ދުޅަހެޔޮ ކާނާތައް ހިމަނާ އަދި މީހާ ކަންބޮޑުވުންތަކުން ދުރުވުމަކީ ވެސް ހަންގަނޑު ރީތިކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ.

ތިރީގައި މިވަނީ ހަންގަނޑު ދޮން ކުރުމަށް ކޮންމެ ދުވަހެއްގެ ޑައިޓްގައި ބޭނުން ކުރެވިދާނެ 10 ކާނާ އެކެވެ!

  1. ހުތް މޭވާ

ހުތްކަން ގަދަ މޭވާގައި ގިނަ އަދަދަކަށް ވިޓަމިން ސީ މާއްދާ ހިމެނެއެވެ. ވިޓަމިންސީ އަކީ އިރުގެ އަލިން ހަންގަނޑަށް ލިބޭ ގެއްލުމުން ރައްކާތެރި ކޮށްދޭ މާއްދާ އެކެވެ.

  1. ކިއުކަމްބާ
    ކިއުކަމްބާ އަކީ ވަރަަށް ގިނަ ފޭސް ޕެކްތަކުގައި ހިމެނޭ ބާވަތެކެވެ. ކިއުކަމްބާގެ ސަބަބުން ހަންގަނޑަށް ފިނިކަން ގެނެސްދެ އެވެ. ކިއުކަމްބާ ގިނައިން ކާ ނަމަވެސް ހަށިގަނޑަށް ރީތި ކަމާއި ތާޒާކަން ގެމެސްދެ އެވެ. ކިއުކަމްބާގައި އެންޓިއޮކްސިޑެންޓްސް، ވިޓަމިން ސީ އަދި ކޭ ހިމެނެ އެވެ. މީގެ ސަބަބުން ހަންގަނޑު ދޮންކޮން ބެހެއްޓުމަށް އެހީތެރިވެދެ އެވެ.
  2. ޔޯގަޓް

ޔޯގަޓް ގެ ސަބަބުން ހަންގަނޑު ހިކުން އަދި ކުރަކިވުމުން ދުރުކޮށްދެ އެވެ. އަދި ހަންގަނޑު ދޮންކޮށް ހުރުމަށް ވެސް އެހީވެދެއެވެ.

  1. ގްރީން ޓީ
    ގްރީން ޓީގައި ގިނަ އަދަދަކަށް އީޖީސީޖީ ހިމެނެ އެވެ. މީގެ ސަބަބުން ހަންގަނޑު ނުރައްކާތެރި އަލިތަކުން ރައްކާތެރިކޮށްދޭ މޫނުގައި ހުންނަ ކަޅު ލަކުނުތައް ފިލިވާލަ އެވެ.
  2. އަނބު
    އަނބަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން އޭ، އީ އަދި ސީ ހިމެނޭ މާއްދާ އެކެވެ. އަނބު ގިނައިން ކާނަމަ މޫނުގެ ލަކުނުތައް ފިލާ މޫނު އަލިކޮށްދެ އެވެ.
  3. ކެރެޓް
    ކެރެޓްގައި ބީޓާ- ކެރޮޓީން ނަމަކަަށް އެންޓިއޮކްސިޑެންޓެއް ހިމެނެ އެވެ. މީގެ ސަބަބުން އިރުން އަަންނަ ހަންގަނޑަށް ނުރައްކާވާ ދޯދިތަކުން ރައްކާތެރި ކޮށްދެ އެވެ.
  4. އަލްމަންޑްސް
    އަލްމަންޑްސް އަކީ ވެސް ވިޓަމިން އީ އިން މުއްސަނދި ވެގެންވާ ކާނާ އެކެވެ.
  5. ސްޕިނެޗް
    ސްޕިނެޗްގައި ގިނަ އަދަދަކަށް ވިޓަމިން އޭ، ސީ އަދި ކޭ ހިމެނެ އެވެ. މީގެ ސަބަބުން ހަންގަނޑު ސާފުކޮށްދީ އަލިކޮށްދެ އެވެ.
  6. އާފަލް
    އާފަލަކީވެސް އޭގައި ގިނަ އަދަދަކަށް ވިޓަމިން އޭ އަދި ސީ ހިމެނޭ މޭވާ އެކެވެ.
  7. ޑާރކް ޗޮކްލެޓް
    ފްލަވަނޮލް ނަމަކަށް ކިޔާ އެންޓިއޮކްސިޑެންޓެއް ޑާކް ޗޮކްލެޓްގައި ހިމެނެ އެވެ. މީގެ ސަބަބުން ހަނގަނޑު ކުރަކިވުން ކުޑަކޮށްދީ ސަންސްކްރީން އެއް ގޮތަށް މަސައްކަތް ކޮށްދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ