ދުޅަހެޔޮކޮށް ތިބުމަަށް ކެއުމުގައި ތަފާތު ވައްތަރުގެ މޭވާ އާއި ތަރުކާރީ ހިމެނުމަކީ މުހިއްމު ކަމެކެވެ. މިގޮތުން ކެއުމުގައި ފަތުގެ އެކި ކަހަލަ ބާވަތްތައް ހިމެނުމަކީ އޭގެ ސަބަބުން ހަށިގަނޑަށް ވަރަށް އެދެވޭ އަސަރު ކުރާ ކަމެކެވެ.
ފަތަކީ ހަޖަމްކުރާ ނިޒާމުގެ މަސައްކަތްތައް ރަނގަޅު ކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ އެއްޗެެކެވެ. މީގެއިތުރުން ފަތުގެ ސަބަބުން ބޮޑެތި ބަލިތަކުން ދުރުވެސް ކޮށްދެެއެވެ.
ޑަންޑެލިއަން ގްރީންސް
ރީތި ބަގީޗާ ގަހެއްގެ ގޮތަށް ސިފަވިޔަސް މި ފަތުން ހަގީގަތުގައި ވަރަށް ގިނަ ފައިދާތައް ލިބެއެވެ. މި ފަތުގައި ގިނަ އަދަދަކަށް ވިޓަމިން ކޭ އަދި ސީ ހިމެނެ އެވެ. މީގެ ސަބަބުން ލޮލުގެ ފެނުން ދުޅަހެޔޮކޮށްދީ، ކަށިތައް ވަރުގަދަ ކޮށްދއެވެ.
ބޮކް ޗޯއީ
ބޮކްޗޯއީ އަކީ ތަރުކާރީއެކެވެ. މި ފަތް ނިސްބަތްވަނީ ކެބެޖް އަދި ބްރޮކޮލީގެ އާއިލާ އަށެވެ. ބޮކް ޗޯއީ ގަވާއިދުން ކާނަމަ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ. އަދި ހިތުގެ ބަލިތަކުން ވެސް ދުރުކޮށްދެ އެވެ.
މި ބާވަތުގެ ފަތުގައި ގިނަ އަދަދަކަށް ކެލްސިއަމް، އަޔަން، ފޮސްފަރަސް، ވިޓަމިން ކޭ އަދި މެގްނީސިއަމް ހިމެނެއެވެ.
ބްރޮކޮލީ ސްޕްރައުޓްސް
ބްރޮކޮލީ ކާން ފޫހި ވާނަމަ ބްރޮކޮލީ ސްޕްރައުޓްސް ވެސް ކެއުމުގައި ހިމެނިދާނެ އެވެ. މިއީ ބްރޮކޮލީ ރަނގަޅަށް ނުފޯދޭ އިރުގައި ކިޔާ ނަމެކެވެ.
ބްރޮކޮލީ ސްޕްރައުޓްސް އަކީ ވެސް ކެންސަރުން ދިފާއުކޮށްދޭ ބާވަތެކެވެ. އަދި ފުރަމެއަށް ވަރަށް ރަނގަޅު ބާވަތެކެވެ.
ވޯޓަރކްރެސް
ވޯޓަރކްރެސް އަކީ އޭގައި ކޮންމެވެސް ވަރަކަށް ކުޅި ރަހަވެސް ހުންނަ ފަތެކެވެ. މިއީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ ފަތެކެވެ. މި ފަތުން ހަޖަމްކުރާ ނިޒާމާއި ދިފާއީ ނިޒާމު ރަނގަޅު ކޮށްދެ އެވެ.
ސްޕިނެޗް
ސްޕިނެޗް އަކީ އޭގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް ހިމެނޭ ފަތެކެވެ. މި ފަތަކީ ލޭ ދަށްކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ ފަތެކެވެ.