ޑައިޓްގެ ތެރޭގައި ހިމެނޭ ލުއިބުއިންތަކަކީ ވަރަށް ގިނަ ބަޔަކު އާއްމު ދިރިއުޅުމުގައި ބޭނުންކުރާ އެއްޗެކެވެ. ޑައިޓް ކޯކް، ޕެޕްސީ، ސްޕްރައިޓް މި ހުރިހާ ބަވަތަކީވެސް އޭގައި ސޮޑާ ހިމެނޭ ބާވަތްތަކެވެ. ނަމަވެސް ޑައިޓްގެ ނަން ދީފައިވުމުން ބައެއް މީހުންގެ ނަޒަރުގައި ކިތަންމެ ގިނައިން ބޭނުން ކުރިއަސް މި ބުއިންތަކުން ލިބޭނެ ގެއްލުމެއް ނެތެވެ.
އެހެންނަމަވެސް ކޮންމެ އެއްޗެއްގެ ވެސް ފައިދާ އާއި ގެއްލުން އޮންނަ ފަދައިން ޑައިޓް ސޮޑާ ވެސް މި ހަ ބާވަތުގެ މީހުން ބޭނުންކުރުމަކީ އޭގެން ގެއްލުން ލިބިދާނެ ކަމެކެވެ.
އިރިޓެބަލް ބައުލް ސިންޑްރަމް (އައިބީއެމް) ހުންނަ މީހުން
އިރިޓެބަލް ބައުލް ސިންޑްރަމް ފާހަނާ ކުރުމުގައި ދަތިތައް ކުރިމަތިވުމަށް ކިޔާ ނަމެކެވެ. މިކަން ހުންނަ މީހުން ކެއުން ބުއިމުގައި ތައްޔާރީ ހަކުރު ބޭނުން ކުރުން އެދެވިގެން ނުވެއެވެ.
އައިބީއެމް ހުންނަ މީހުން ޑައިޓް ސޮޑާގެ ބާވަތްތައް ބޭނުންކުރާ ނަމަ ބޭރަށް ހިންގުމާއި، ދަށްބަނޑުގައި ރިއްސުން އަދި ވައިގެ އުނދަގޫތައް ކުރިމަތިވެއެވެ.
މައިގްރެއިން އަދި އަދި ގަދަޔަށް ބޮލުގައި ރިއްސާ މީހުން
އެމެރިކާގެ މައިގްރެއިން ފައުންޑޭޝަން އަދި މަޔޯ ކްލިނިކް އިން ބުނެފައިވާ ގޮތުގައި ޑައިޓް ސޮޑާގައި އާއްމުކޮށް ބޭނުންކޮށްފައި ހުންނަ ސްޕަޓޭމް ނަމަކަށް ކިޔާ ތައްޔާރީ ހަކުރަކީ މައިގްރެެއިން އިތުރަށް ގޯސް ކުރުވާ އެއްޗެކެވެ.
މޭ އަންދާ މީހުން
މޭ އެންދުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫނެވެ. އަދި ބައެއް ބާވަތްތައް ބޭނުންކުރުމުން މިކަން އިތުރަށް ގޯސްވެއެވެ.
މީގެތެރޭގައި ސޮޑާ ކަހަލަ ކާރބޮނޭޓް ހިމެނޭ ބުއިންތައް ހިމެނެ އެވެ. މޭ އަންދާ މީހުން މިފަދަ ބުއިންތައް ބޯނަމަ ބަނޑުގައި ހުންނަ އެސިޑް މައްޗަށް އަރާގޮތް ވެއެވެ.
ޑައިބެޓިސް ހުންނަ މީހުން
ހަކަުރު ދަށް މީހުން ހަކުރު މަތި ކުރުމަށް މިފަދަ ބުއިންތައް ބޯތަން ވަރަށް ގިނައިން ފެނެެއެވެ: އެހެންަނަމަވެސް ކުރިން ހޯދިފައިވާ ހޯދުންތަކުން ބުނާގޮތުގައި ޓައިޕް-2 ޑައިބެޓިސް އާއި މިފަދަ ބުއިންތަކުގައި ހުންނަ ހަކުރާއި ވަރަށް ބޮޑު ގުޅުމެއް ވެއެވެ.
ގޭހުގެ އުނދަގޫވާ މީހުން
މޭ އެންދުމެކޭ އެއްގޮތަށް ގެސްޓްރޮއެސްފަގެއަލް ރިފްލަކްސް ޑިޒީސް (ގާރޑް) ހުންނަ މީހުންނަށް ސޮޑާގެ ބާވަތްތަކަކީ އެއްގޮކަށްވެސް ރަނގަޅު ބުއިންތަކެއް ނޫނެވެ. މީގެ ސަބަބުން އުފައްދާ އެސިޑްގެ ސަބަބުން ހަޖަމްކުރާ ނިޒާމްގެ މައްސަލަތައް ޖެހި އެތައް އުނދަގުލެއް ކުރިމަތި ކުރުވައެވެ.
ފޮޓޯ އަދި މައުލޫމާތު ނެގީ އީޓްދިސް.ކޮމް އިންނެވެ.
[…] ޑައިޓްގެ ތެރޭގައި ހިމެނޭ ލުއިބުއިންތަކަކީ ވަރަށް ގިނަ ބަޔަކު އާއްމު ދިރިއުޅުމުގައި ބޭނުންކުރާ އެއްޗެކެވެ. ޑައިޓް ކޯކް، ޕެޕްސީ، ސްޕްރައިޓް މި ހުރިހާ ބަވަތަކީވެސް އޭގައި ސޮޑާ ހިމެނޭ ބާވަތްތަކެވެ. ނަމަވެސް ޑައިޓްގެ ނަން ދީފައިވުމުން ބައެއް މީހުންގެ ނަޒަރުގައި… އިތުރަށް ވިދާޅުވޭ […]