- Advertisement -ad image

ސިއްހަތަށް ފައިދާ ހުރިގޮތުގައި ރޯދަ ހިފާނެ ޓިޕްސްތަކެއް!

ad image

ގުޅުންހުރި ލިޔުންތައް

ގުނަމުން މިދަނީ ބަރަކާތްތެރި ރަމަޟާންމަހުގެ ދުވަސްތަކެވެ. ރޯދަމަހަކީ ދުވާލުގެ ވަގުތުގައި ނުކައި ތިބެ އަޅުގަނޑުމެން ހޭދަ ކުރާ މުސްލިމުންނަށް އަންނަ ވަރަށް ހާއްސަ މައްސަރެކެވެ. އިރު އޮއްސަ ބަންގި ގޮވުމުން ރޯދަވީއްލައިގެން ކެއުމުގެ ކަންކަން އެކި މީހުންގެ އޮންނަނީ އެކިގޮތަށެވެ. ނަމަވެސް ވިސްނާލަންޖެހޭ މުހިންމު ކަމަކީ ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުން ކުރުމަށެވެ.

ފުރަތަމަ ކަމަކަށް ޑީހައިޑްރޭޓް ނުވެ ހުރުމަށްޓަކައި ރޭގަނޑުގެ ވަގުތުތަކުގައި ގިނައިން ދިޔާތަކެތި ބުއިމަކީ މުހިންމު ކަމެކެވެ. ކަރުހިއްކުމުގެ އަސަރު ނެތް ކަމުގައިވިއަސް މިގޮތަށް އަމަލު ކުރުމަކީ މުހިންމު ކަމެކެވެ. ދިޔާތަކެތި ބޭނުން ކުރާއިރު ކެފެއިންގެ ބާވަތްތައް ހުންނަ ދިޔާތަކެތި ބޭނުން ކުރުން ރަނގަޅެއް ނޫނެވެ. ސަބަބަކީ ކެފެއިން ހުންނަ ދިޔާތަކެތި ބޭނުން ކުރާނަމަ ޑިހައިޑުރޭޓެޑްވުމުގެ ފުރުސަތު ބޮޑުކަމުންނެވެ. އަދި ދިޔާތަކެތި ބޭނުންކުރާއިރުވެސް ރޯދަ ވިއްލާވަގުތު އެއްފަހަރާ މާގިނައިން ބޭނުން ނުކުރައްޗެވެ. ދިޔާތަކެތި ބޭނުންކުރާނީ މުޅިރެއަށް ބަހާލައިގެންނެވެ.

ރޯދަވީއްލައިގެންވެސް ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުން ކުރަން އާދަކުރަންވާނެއެވެ. އެގޮތުން ތަރުކާރީ އާއި މޭވާގެ އިތުރުން ހޯލް ގްރެއިން އަދި ޕްރޮޓީން ލިބިދޭ ކާނާ ހިޔާރުކުރުމަށް އިސްކަމެއް ދޭން ޖެހެއެވެ. ކާއިރުގައިވެސް ތިމާގެ ހަށިގަނޑަށް ބޭނުންވަނީ ކިހާ ކާނާއެއް ކަމާއި ހައިހޫނުކަން ފިލަނީ ކިހާ މިންވަރަކަށް ކެއުމުންކަން ދެނެގަންނަން ޖެހެއެވެ.

.މައުޟޫމާތު ނެގީ: ހެލްތް.ކޯނަލް.އީޑީއޫ އިންނެވެ

spot_img

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ