- Advertisement -ad image

މިއޮތީ ދީމާގެ ސަބުމެރިން ސޯސް ތައްޔާރު ކުރާނެ ގޮތް!

ad image

ގުޅުންހުރި ލިޔުންތައް

ރެސިޕީ: އައިމިނަތު ދީމާ ހާމިދު

ސަބްމެރިން ސޯސް
ބޭނުންވާ ތަކެތި:
3 ބިހުގެ ހުދުބައި
2 ކުޑަ ލޮނުމެދު (ހިމުންކޮށްލާފައި)
2 މޭޒުމަތީ ސަމުސާ މާމުއި
1 މޭޒުމަތީ ސަމުސާ މަސްޓަރޑް
ރަހަލާވަރަށް ލޮނުކޮޅެއް
1 މޭޒުމަތީ ސަމުސާ ވިނިގަރ
1 ޖޯޑް ވެޖިޓަބަލް އޮއިލް/ ސަންފްލާރވަރ އޮއިލް ނުވަތަ އޮލިވް އޮއިލް
1 މޭޒުމަތީ ސަމުސާ އަސޭމިރުސް
ހަދާނެގޮތް:
މިކްސަރު ތައްޓަށް ބިހުގެ ހުދުބައި، ލޮނުމެދުކޮޅު، މަސްޓަރޑް އަދި ލޮނުކޮޅު އަޅާލުމަށްފަހު މިކުސްކޮށްލާނީއެވެ. ދެން ވިނިގަރ ކޮޅު އަޅާލުމަށްފަހު އަނެއްކާވެސް މިކްސްކޮށްލާށެވެ. ދެން ބައި ޖޯޑް ތެޔޮ އެޅުމަށްފަހު މިކުސް ކޮށްލާނީ 2 ނޫނީ 3 ސިކުންތު ވަންދެން. އަދި ބާކީ ހުރި ތެޔޮކޮޅު އަޅާލުމަށްފަހު 10 ސިކުންތު ވަންދެން ރަނގަޅަށް މިކުސްކޮށްލާނީއެވެ. އެއަށްފަހު އަސޭމިރުސް ކޮޅު އަޅާލުމަށްފަހު އަނެއްކާވެސް މިކްސްކޮށްލާށެވެ.
ތައްޔާރުކޮށްލެވުނު ސަބުމެރިން ސޯސް ސަބުމެރިން، ސޭންޑްވިޗް އަދި ޑިޕް އެއްގެ ގޮތުގައިވެސް ބޭނުންކުރެވޭނެ އެވެ.

ސަބުމެރިން ސޯސްގެ ވީޑިއޯ ބަލާލަން ބޭނުންނަމަ މި އޮތީ ލިންކް!

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ