- Advertisement -ad image

ހިރާސްބަދިގެ: ޓޯސްޓް ރޯލްސް

ad image

ގުޅުންހުރި ލިޔުންތައް

ރެސިޕީ: އައިމިނަތު ދީމާ ހާމިދު

ޓޯސްޓް ރޯލްސް

ބޭނުންވާތަކެތި: 

ޕާންފޮތި

ޓޯސްޓްގެ ފިލިންގއަށް ބޭނުންވާ ތަކެތި:

200ގ ބޯންލެސް ޗިކެން (ކުދިކޮށް ކޮށާފައި)

1 ފިޔާ (ހިމުންކޮށް ކޮށާފައި)

4 ލޮނުމެދު (ހިމުންކޮށް ކޮށާފައި)

1 ކެޕްސިކަމް (ކޮށާފައި ހުރި)

2 މޭޒުމަތީ ސަމުސާ ކްރީމް ޗީޒް

1 މިރުސް (ކޮށާފައި ހުރި)

2 ސައިސަމުސާ ޗިލީ ޕައުޑަރު

ލޮނާއި އަސޭމިރުސް (ރަހަލާ ވަރަށް)

އޮއްސާލަން ބޭނުންވާ ތަކެތި:

2 މޭޒުމަތީ ސަމުސާ ކްރީމް ޗީޒް

1 ދަޅު ކްރީމް

1/3 ޖޯޑު ފެން

ޓޮޕިންގސްއަށް ބޭނުންވާ ތަކެތި:

މޮޒަރެއްލާ (ގާނާފައި ހުރި)

ޗިލީ ޕައުޑަރ

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ޕާންފޮތިތަކުގެ އަރިމަތި ކަފާލުމަށްފަހު ރޮށިދަމާ ރޯލްއިން ތުނިކޮށް ދަމާލާށެވެ. އެއަށްފަހު ތަވާއެއްގައި ތެޔޮ ފޮދެއްގެ ތެރެއަށް ލޮނުމެދާއި ފިޔާކޮޅު އަޅާލުމަށްފަހު މީރުކޮށްލާށެވެ. ދެން ކުކުޅުތައް އަޅާލުމަށްފަހު އޭގެން ނުކުންނަ ދިޔަތައް ދަންދެން ކައްކާލާށެވެ. ކެކިފައިހުރި ކުކުޅުކޮޅުގެ ތެރެއަށް ކެޕްސިކަމް، މިރުސް އަދި ސީޒަނިން އަޅާލުމަށްފަހު އެއްކޮށްލާށެވެ. ދެން އެންމެފަހަށް ޗީޒް އަޅާލާށެވެ. އަދި ސޯސްގަނޑު އޮލަޖެހި ތަތް ވަންދެން ކައްކާލުމަށްފަހު އުނދުން ނިއްވާލާށެވެ.

ދެން ތުނިކޮށްފައި ހުރި ޕާންފޮތިތައް މަތީގައި ކުކުޅުތައް ފަތުރާލާށެވެ. އެއަށްފަހު ކޮންމެ ޕާން ފޮތިތައް އޮޅާލުމަށްފަހު ޓްރޭގައި އަތުރާލާށެވެ. 

ވަކި ބޯ ތައްޓެއްގައި ޗީޒް އާއި ކްރީމް އަދި ފެން އެއްކޮށްލާށެވެ. އަދި އެ މިކްސްޗަރ ޕާންތަކުގެ މައްޗަށް އޮއްސާލުމަށްފަހު މައްޗަށް މޮޒަރެއްލާ އާއި ޗިލީ ޕައުޑަރ އަޅައިގެން ގޯލްޑެން ބްރައުން ކުލަ އަރަންދެން މެދު ގިނީގައި ފިހެލާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ