- Advertisement -ad image

ހިރާސްބަދިގެ: ކްލައުޑް ޕުޑިން

ad image

ގުޅުންހުރި ލިޔުންތައް

ރެސިޕީ: އައިމިނަތު ދީމާ ހާމިދު

ކްލައުޑް ޕުޑިން

3 ޖޯޑު ކިރު

1/2 ޖޯޑު ހަކުރު

1 މޭޒުމަތީ ސަމުސާ ކޯންފްލާ

1 މޭޒުމަތީ ސަމުސާ ކަސްޓަޑް ޕައުޑަރ

1 ސައިސަމުސާ ވެނީލާ އެކްސްޓްރެކްޓް

މަޑުގިނީގައި ހުރިހާ އެއްޗެއް އަޅައިގެން އޮލަޖެހެންދެން ކައްކާލާށެވެ. އެއަށްފަހ ކަސްޓަޑް ކްރީމްު ބޯތަށްޓަކަށް އަޅާފައި ގަޑިއިރެއް ވަންދެން ފްރިޖުގައި ބަހައްޓާލާށެވެ.

ކްރީމް ފިލިން

1 ޖޯޑު ވިޕިން ކްރީމް

1 މޭޒުމަތީ ސަމުސާ ގެރިކިރު

ގެރިކިރު އަޅައިގެން ވިޕިން ކްރީމް ވިޕްކޮށްލާށެވެ. ގެރިކިރާއެކު ވިޕިން ކްރީމް ވިޕްކޮށްލާށެވެ. އަދި ކުރިން ހަދާފައިވާ ކަސްޓަޑް ކްރީމްގައި ފޯލްޑް ކޮށްލާށެވެ.

1 ޖޯޑު ކިރު

1 ޕެކެޓް ބަޓަރ ބިސްކޯދު

ޓޮޕިންގސް

1 ޖޯޑު ޗޮކްލެޓް

1/2 ޖޯޑު ވިޕިން ކްރީމް

2 މޭޒުމަތީ ސަމުސާ ބަޓަރ

އެންމެ ފުރަތަަމަ ސާފު ޓްރޭއެއްގެ މަތީގައި ކަސްޓަޑް ކްރީމްކޮޅު ލޭޔާއެއް ގޮތަށް ފަތުރާލާށެވެ. ދެން ބިސްކޯދު ކިރުގެ ތެރެއަށް ލުމަށްފަހު ކްރީމްތައް މަތީގައި އަތުރާލާށެވެ. ފުރަތަމަ ލޭޔަރ ނިމުމުން ކްރީމްކޮޅު ހުސްވަންދެން މި ޕްރޮސެސް ރިޕީޓް ކުރާށެވެ. އެއަށްފަހު ގަޑިއިރެއްވަންދެން ފްރިޖްގައި ބަހައްޓާލާށެވެ.

ދެން ޗޮކްލެޓްކޮޅު ވިޕިން ކްރީމް އާއި ބަޓަރާއި އެއްކޮށް މައިކްރޮވޭވްގައި މެލްޓް ކޮށްލާށެވެ. އެއަށްފަހު ކޭކުގެ މައްޗަށް އޮއްސާލާށެވެ. ސާވްކުރުމުގެ ކުރިން އިތުރު އެއްގަޑިއިރު ފްރިޖްގައި ބަހައްޓާލާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ