- Advertisement -ad image

ހިރާސް ބަދިގެ: ޕިއްޒާ ކަޓްލަސް

ad image

ގުޅުންހުރި ލިޔުންތައް

ރެސިޕީ: އައިމިނަތު ދީމާ ހާމިދު

ޕިއްޒާ ކަޓްލަސް
ބޭނުންވާތަކެތި:
2 މޭޒުމަތީ ސަމުސާ ބަޓަރ
250 ގ ކައްކާފައި ކޮށާފައި ހުރި ކުކުޅު
1 މޭޒުމަތީ ސަމުސާ ގާލިކް ޕައުޑަރ
½ މޭޒުމަތީ ސަމުސާ ލޮނު
1 މޭޒުމަތީ ސަމުސާ މުގުރި އަސޭމިރުސް
1 މޭޒުމަތީ ސަމުސާ ޗިލީ ފްލޭކްސް
1 މޭޒުމަތީ ސަމުސާ ޑުރައިޑް އޮރިގާނޯ
1 ފިޔާ
¼ ބެލް ޕެޕަރ (ރަތްކުލަ)
¼ ބެލް ޕެޕަރ (ފެހިކުލަ)
3-4 މޭޒުމަޒީ ސަމުސާ ޗިލީ ސޯސް
1 ޖޯޑް ގާނާފައި ހުރި މޮޒަރިއްލާ
2 އަލުވި (ކައްކާފައި އަދި މޭޝްކޮށްލައިފަ)
ލޮނު އަދި އަސޭމިރުސް (މޭޝް ޕޮޓޭޓޯ ތައްޔާރުކޮށްލުމަށް)
އެގް ވޮޝް
2 ބިސް
3 މޭޒުމަތީ ސަމުސާ މިލްކް
ލޮނުކޮޅެއް
ތައްޔާރު ކުރާނެ ގޮތް:
ތަވާ ހޫނުވުމުން ބަޓަރ ކޮޅު އަޅާލާށެވެ. ދެން ކޮށާލާފައިވާ ކުކުޅު ކޮޅު އަޅާލާ ރޯފިލަންދެން ބަހައްޓާލާނީ. އެއަށްފަހު ގާލިކް ޕައުޑަރ، ލޮނު، އަސޭމިރުސް، ޗިލީ ފްލޭކްސް އަދި އޮރިގާނޯ ކޮޅު އަޅާލާނީ. އެއަށްފަހު 2 މިނެޓް ވަންދެން ކައްކާލާނީ. ދެން ފިޔާކޮޅު އަޅާނީ. ދެން ދެ ކުލައިގެ ބެލް ޕެޕަރ އަޅާފައި 1 މިނެޓްވަންދެން ކައްކާލާނީ. އޭގެ ފަހުން ޗިލީ ސޯސްކޮޅު އެއްކޮށްލާ އަނެއްކާވެސް 1 މިނެޓް ވަންދެން ކައްކާލުމަށްފަހު އުނދުންމަތިން ތަވާ ބާލާނީއެވެ.
އެހެން ތައްޓެއްގައި ކައްކާފައިހުރި އަލުވި ކޮޅު ތެރެއަށް ލޮނު އަދި އަސޭމިރުސް އަޅައިގެން އެއްކޮށްލާ މޮޑެލާނީ. އެއަށްފަހު ކުދި ގުޅަތަކެއް ގޮތަށް ވަކިކޮށްލާށެވެ.
ވަކިކޮށްލި އަލުވި ގުޅަތައް ރީތިކޮށް އަތުތެރޭ ފަތުރާލުމަށްފަހު ކުރިން ތައްޔާރުކޮށްލި ކުކުޅުކޮޅު އަޅާލުމަށްފަހު މޮޒަރިއްލާ ޗީޒުން ފޮރުވާލާށެވެ. އަދި ކަޓުލަސްތައް ވަށްކޮށް ހުންނަ ޕިއްޒާގޮތަށް ހަދާލާށެވެ. އެއަށްފަހު އެގްވޮޝްއަށްލާ ނެގުމަށްފަހު ފުށް ހާކައިލާ މުޅި އެތި ފޮރުވާލާށެވެ. ދެން މަޑު ގިނަމަތީ ބަހައްޓައިގެން 1 މިނެޓް ނޫނީ 2 މިނެޓް ވަންދެން ތެލުލާށެވެ.


މި ރެސިޕީން ބޮޑު ހަ ކަޓްލަސް ހެދޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ