- Advertisement -ad image

ދީމާގެ ރެސިޕީ: ވެނީލާ ސްވިސްރޯލް ކޭކެ

ad image

ގުޅުންހުރި ލިޔުންތައް

ވެނީލާ ސްވިސްރޯލް ކޭކް
ބޭނުންވާތަކެތި:
4.5 މޭޒުމަތީ ސަމުސާ ކައްކާ ތެޔޮ
3/1 ޖޯޑް ކިރު
4/3 ޖޯޑް ކޭކް ފުށް
5 ބިސް (ބިހުގެ ގޮބަޅި އަދި ހުދުބައި ވަކިކޮށްލާފައި)
5 މޭޒުމަތީ ސަމުސާ ހަކުރު
ލުބޯ ހުތްކޮޅެއް
އިތުރަށް ބޭނުންވާތަކެތި:
4/3 ޖޯޑް ވިޕިން ކްރީމް
4/1 ޖޯޑް ގެރިކިރު
ވެނީލާ އެސެންސްކޮޅެއް
ޓޮޕިން ހެދުމަށް؛
ވައިޓް ޗޮކްލެޓް ގަނާޗޭ އަދި ވިޕިން ކްރީމް
ތައްޔާރު ކުރާނެގޮތް:
ތައްޓަކަށް ތެޔޮ އަދި ކިރުކޮޅު އެޅުމަށްފަހު ފުށާއެކު އެއްކޮށްލާށެވެ. ދެން ބިހު ގޮބަޅި އަޅައިގެން ރަނގަޅަށް އެއްކޮށްލާނީއެވެ. ރަނގަޅަށް ހުރިހާ އެއްޗެއް އެއްވުމުން އެއްފަރާތުގައި ބަހައްޓާލާށެވެ.
އެހެންތައްޓަކަށް ބިހުގެ ހުދުބައި ލުނބޯ ހުތްކޮޅު އަޅާ މިކްސަރުން ރަނގަޅަށް އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން ފަހަރަކު ހަކުރު ސަމުސަލެއް އަޅަމުންދާށެވެ. އަދި އެގްވައިޓް ކޮޅު ފޯމްއަށް ވަންދެން މިކްސް ކުރާށެވެ. ދެން އެގް ވައިޓް ފޯމް އަދި ކުރިން ތައްޔާރު ކުރި ބިހު ގޮބަޅި މިކްސް ކޮށްލާނީއެވެ. މި ދެބައި މިކްސް ކުރުމުގެ ކުރިން އެގްވައިޓް ފޯމް އެތިކޮޅެއް ނަގާ އެއްފަރާތުގައި ބަހައްޓަން ހަނދާންކުރައްޗެވެ.
ވަރަށް ބަލައިގެން ރަނގަޅަށް މިދެބައި މިކްސްކޮށްލާށެވެ.
ޓްރޭއެއްގައި ބަޓަރ އުނގުޅާލުމަށްފަހު އިރުކޮޅެއްވަންދެން ބަހައްޓާލާށެވެ. ދެން 130 ޑިގްރީގައި 30 ނޫނީ 35 ވަންދެން ފިހެލާށެވެ. ކޭކް މުޅިން ހިހޫ ވުމުގެ ކުރިން އެހެން ޓްރޭއަކަށް ކޭކް ފުށުން ޖަހާލުމަށްފަހު ބޭކިން ޓްރޭ ނަގާ އަނެއްކާ އެފުށަށް ޖަހާލަންވާނެއެވެ. މިއީ ދެ ފަރާތުގައި ތަތްވިޔަނުދިނުމަށް ކުރާ ކަމެކެވެ.
ވިޕިންކްރީމް އުނގުޅުމުގެ ކުރިން ކޭކުގެ ކަންތައް ކަފާލަންވާނެއެވެ. ވަރަށް ބަލައިގެން ރޯލް ކޮށްލުމަށްފަހު ބޭކިން ޝީޓްއަކުން ކަވަރ ކޮށްލާ އެއްގަޑިއިރު ވަންދެން ފްރިޖްގައި ބަހައްޓަންވާނެއެވެ. މިވަގުތުގައި ވައިޓް ޗޮކްލެޓްއަދި ވިޕިންކްރީމް މެލްޓް ކޮށްލާށެވެ. އަދި ހިހޫވަންދެން ބަހައްޓާލާށެވެ. އެއަށްފަހު ރޯލް ކޭކް ފްރިޖުން ނަގާ ވައިޓް ޗޮކްލެޓް ގަނާޗޭ ރަނގަޅަށް އުނގުޅާލާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ