- Advertisement -ad image

މިގޮތަށް ޗޮކްލެޓް ކްރީޕް ރޯލްސް ހަދާލަބާ، ވަރަށް ފަސޭހަވާނެ!

ad image

ގުޅުންހުރި ލިޔުންތައް

ރެސިޕީ: އައިމިނަތު ދީމާ ހާމިދު

ޗޮކްލެޓް ކްރީޕް ރޯލް އަޕްސް
2 ބިސް
1 2/1 ޖޯޑް ކިރު
1 މޭޒުމަތީ ސަމުސާ ތެޔޮ ނޫނީ މެލްޓެޑް ބަޓަރ
ލޮނުކޮޅެއް
1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
1 މޭޒުމަތީ ސަމުސާ ހަކުރު
1 ޖޯޑް ފުށް
1 ޗޮކްލެޓް (ބޭނުންވައްތަރެއްގެ) އަހަރެން ބޭނުންކުރަނީ މިލްކް ޗޮކްލެޓް 3 އިންޗި އަށްވާ ގޮތަށް ކޮށާލާފައި
ޝުގަރ ކޯޓިން:
2 މޭޒުމަތީ ސަމުސާ ހަކުރު
1 މޭޒުމަތީ ސަމުސާ މުގުރި ފޮނިތެށި
ހަދާނެގޮތް:
ތައްޓަކަށް ބިސް، ކިރު، ބަޓަރ، ވެނީލާ އެސެންސް، ހަކުރު، ލޮނު އަދި ފުށް އަޅާށެވެ. ހޭންޑް މިކްސަރަކުން ހުރިހާ އެއްޗެއް އެއްކޮށް ގިރާލާށެވެ. އެހެންތައްޓަކަށް މިކްސް ކުރި ބައި ފުރާނާލާށެވެ. ދެން ފަސް މިނެޓް ވަންދެން ބަހައްޓާލާށެވެ.
ތަވާގައި ތެޔޮކޮޅެއް ހާކާލާށެވެ. މަޑުގިނީގައި ބަހައްޓައިގެން މަޑު މަޑުން ގިރި ފުށްގަނޑުން ވަށްކޮށް ތުނިކޮށް ފަތުރާލާށެވެ.
އެއަށްފަހު ދެފަޅި ފިހެލާށެވެ. ފިހެނިމުމުން ތައްޓަކަށްލުމަށްފަހު އަވަހަށް ދެފަޅި އެތެރެއަށްވާ ގޮތަށް ލަންބާލާށެވެ. . ޗޮކްލެޓް ކޮޅު އެތެރެއަށް ލުމަށްފަހު އޮޅާލާށެވެ. އަދި އޮޅާލި ކްރީޕްގެ ބޭރުގައި ފޮނިތޮށި ކުނޑި އަދި ހަކުރާ އެއްކޮށްލުމަށްފަހު އުނގުޅާލުމުން ނިމުނީއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ