- Advertisement -ad image

ހިރާސް ބަދިގެ: ބްރެޑް ޕޮކެޓްސް

ad image

ގުޅުންހުރި ލިޔުންތައް

ރެސިޕީ: އައިމިނަތު ދީމާ ހާމިދު

ބްރެޑް ޕޮކެޓްސް
ބޭނުންވާ ތަކެތި:
5 މޭޒުމަތީ ސަމުސާ ކުކިން އޮއިލް
1 ފިޔާ
3 ލޮނުމެދު (ހިމުންކޮށްލާފައި)
1 ޕާން
1 ޖޯޑް ލަންޗަންމީޓް ކުނޑިކޮށްފައި
1 މޭޒުމަތީ ސަމުސާ ރާޅު މުގުރި މިރުސް
5 މޭޒުމަތީ ސަމުސާ ޗިލީ ސޯސް
½ ޖޯޑް ތުނިކޮށް ކޮށާފައި ހުރި ކިއުކަމްބާ
7-8 މޭޒުމަތީ ސަމުސާ ސަބްމެރިން ސޯސް
ބިހާއި، ޕާން ކުނޑި (ބޭރުގައި ހާކާލުމަށް)
ހަދާނެ ގޮތް:
ތަވަޔަކަށް ތެޔޮ ކޮޅު އަޅައި ހޫނުކޮށްލުމަށްފަހު ފިޔާ އަދި ލޮނުމެދު އަޅާފައި ފިޔާކޮޅު މިލުމުން ލަންޗިއޮން މީޓް ކޮޅު އަޅައި އެއްކޮށްލާށެވެ. ލަންޗިއޮން މީޓް ކޮޅު ހަނާ ވަންދެން ބަހައްޓާލާށެވެ. ރާޅު މުގުރި މިރުސް އަދި ޗިލީ ސޯސް އަޅާލުމަށްފަހު 2 މިނެޓް ވަންދެން ކައްކާލާށެވެ. ދެން ކިއުކަމްބާ ކޮޅު އަޅާލުމަށްފަހު ކިއުކަމްބާ ކޮޅު މަޑުވުމުން އުނދުން ނިވާލުމަށްފަހު އެއްކައިރީގައި ބަހައްޓާށެވެ.
ދެ ޕާން ފޮތި އެއްކޮށްލާފައި ވަށް ކުކީކަޓާއަކުން ކަފާލާށެވެ. ދެ ފަޅި ތަން ނުވެ ހުރިނަމަ ފެންކޮޅެއްލާ ދެފަޅި ރީތިކޮށް ތަތްކޮށްލާށެވެ. ބިސްކޮޅެއް ހާކާލުމަށްފަހު ޕާންކުނޑި ހާކާލާފައި މެދު ގިނަ މަތީގައި ބަހައްޓާ ރަންކުލަ އަރަންދެން ތެލުލާށެވެ. އަދި ތެލުލެވުމުން ނަގާ އެއްކައިރީގައި ހިހޫ ކޮށްލަން ބަހައްޓާށެވެ. ހިހޫވުމުން ނަގާ ޕާންތައް މެދުން ކަފާލާށެވެ. ކަފާލުމަށްފަހު ސަބްމެރިން ސޯސް ހާކާލާ ޕޮކެޓްގެ ތެރެއަށް ކުރިން ހެދި ލަންޗިއޮން މީޓް ކޮޅު އަޅާލާށެވެ. އޭރުން ތިހުރީ ބްރެޑް ޕޮކެޓް ތައްޔާރުކޮށް ނިމިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ