- Advertisement -ad image

ހުކުރު ހާއްސަ: ފުރައިޑް ޗިކަން ފުރައިޑް ރައިސް

ad image

ގުޅުންހުރި ލިޔުންތައް

ރެސިޕީ: އައިމިނަތު ދީމާ ހާމިދު

ފްރައިޑް ޗިކަން ފްރައިޑް ރައިސް
ބޭނުންވާތަކެތި:
ކުކުޅު ސީޒަންކޮށްލުމަށް:
200 ގުރާމު ކަށިނެތް ކުކުޅު
1 މޭޒުމަތީ ސަމުސާ މުގުރި މިރުސް
1 މޭޒުމަތީ ސަމުސާ ގާލިކް ޕައުޑަރ
2/1 މޭޒުމަތީ ސަމުސާ ޖިންޖަރ ޕައުޑަރ
1 މޭޒުމަތީ ސަމުސާ ލޮނު
2/1 ލުނބޯ ހުތް
3 މޭޒުމަތީ ސަމުސާ ކޯންފްލަރ
4/1 ކަޕް ޔޯގަރޓް
1 މޭޒުމަތީ ސަމުސާ ކުކުޅު ހަވާދު
4 ހިނކަދިފަތް (ރިތިކޮށް ކުދިކޮށް ކޮށާލާފައި)
ހުރިހާ އެއްޗެއް މިކްސް ކުރުމަށްފަހު 30 މިނެޓް ވަންދެން މެރިނޭޓް ކޮށްލަން ބަހައްޓާލާ
ބަތް ހެދުމަށް:
1 ޖޯޑް ހަނޑޫ
2 ބޭ ލީވްސް
4 ސްޓަރ އިނީސް
ލޮނުކޮޅެއް
ފެންކޮޅު ހިނދެންދެން ރިތިކޮށް ކައްކާލާށެވެ.
ބޭނުންވާތަކެތި:
4/1 ޖޯޑް ރަތް ބެލް ޕެޕަރ
4/1 ޖޯޑް ފެހި ބެލް ޕެޕަރ
4/1 ޖޯޑް ޒުވާރި
4/1 ޖޯޑް ހިކި މޭބިސްކަދުރު
4/1 ޖޯޑް ކެޝޫނަޓް
1 ފިޔާ
2 ލޮނުމެދު
ރަހަލާވަރަށް ލޮނުކޮޅެއް
2 ސޮސެޖް
1 މިރުސް
2 މޭޒުމަތީ ސަމުސާ ތެޔޮ

ހަދާނެގޮތް:
ފިޔާކޮޅު މީރުކޮށްލުމަށްފަހު ލޮނުމެދު ކޮޅު އަޅާ ބެލްޕެޕަރ، ސޮސެޖް، ރޯމިރުސް، ނަޓްސް އަދި ހިކި މޭބިސްކަދުރު ކޮޅު އަޅައި މިލުވާލާށެވެ. ދެން ރަހަލާވަރަށް ލޮނު އަޅާލާށެވެ.
އުނދުން ނިއްވާލުމަށްފަހު ކުރިން ކައްކާފައި ހުރި ބަތްކޮޅު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ބަތްކޮޅު އެއްކޮށްލުމަށްފަހު ދެ މިނެޓް ވަންދެން ހޫނުކޮށްލާށެވެ. ކުކުޅުކޮޅު މަޑުގިނީގައި ތެލުލުމަށްފަހު އެއްކުރި ބަތްކޮޅުގެ މައްޗަށް އަޅާ ސާރވްކޮށްލާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ