- Advertisement -ad image

ހިރާސް ބަދިގެ: ސިނަމަން ރޯލް ފްރެންޗް ޓޯސްޓް

ad image

ގުޅުންހުރި ލިޔުންތައް

ރެސިޕީ: އައިމިނަތު ދީމާ ހާމިދު

ސިނަމަން ރޯލްސް ފްރެންޗް ޓޯސްޓް
ބޭނުންވާ ތަކެތި:
8 – 10 ފޮތި ޕާން
ސިނަމަން ކްރީމް ހެދުމަށް
3 މޭޒުމަތީ ސަމުސާ ބަޓަރ
1 މޭޒުމަތީ ސަމުސާ ބުރައުން ޝުގަރ
1 މޭޒުމަތީ ސަމުސާ ސިނަމަން ޕައުޑަރ
(ހުރިހާ އެއްޗެއް އެއްކޮށްލާފައި އެއްފަރާތެއްގައި ބަހައްޓާ)
އެގްވޮޝް ކޮޅު ހަދާލުމަށް
2 ބިސް
3/1 ޖޯޑު ކިރު
1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
( ގިރާލާފައި އެއްފަރާތެއްގައި ބަހައްޓާ )
ކޯޓުކޮޅު ހަދާލުމަށް
2 މޭޒުމަތީ ސަމުސާ މުގުރާލާފައި ހުރި ހަކުރު
1 މޭޒުމަތީ ސަމުސާ ސިނަމަން ޕައުޑަރ
ޓޮޕިން ހަދާލުމަށް:
2 މެޒުމަތީ ސަމުސާ ބަޓަރ
2 މޭޒުމަތީ ސަމުސާ ކުރީމް ޗީޒް
½ ޖޯޑް އައިސިން ޝުގަރ
ލުނބޯ ހުތްކޮޅެއް
(މިކްސް ކޮށްލާފައި ޕައިޕިން ބޭގަކަށް ޓްރާންސްފަރ ކޮށްލާ)
ހަދާނެ ގޮތް:
ޕާންފޮތިތަކުގެ ކައިރީ ކަފާލާފައި ޕާންފޮތި ރޯލް ކޮށްލާށެވެ. އެއަށްފަހު ސިނަމަން ކްރީމް އުނގުޅާލާފައި އަނެއްކާވެސް ރޯލްކޮށްލާނީ. ދެން ރޯލް ކޮށްލި ޕާންކޮޅުގައި އެގްވޮޝް ރަނގަޅަށް އުނގުޅާލާށެވެ.
މަޑުގިނީގައި ބަޓަރކޮޅެއް ދިޔާކޮށްލާށެވެ. އެގްވޮޝް އުނގުޅާލި ޕާންފޮތި ތަވާގައި ހުރި ބަޓަރކޮޅުތެރެއަށްލާ ރަންކުލަ އަރަންދެން ބަހައްޓާލާށެވެ. އެއަށްފަހު ސިނަމަން ޝުގަރ މިކްސް އުނގުޅާލާށެވެ. ޕައިޕިން ބޭގަށް އެޅި ކްރީމް ޗީޒް ރޯލްތަކުގެ މައްޗަށް އަޅާލުމުން ނިމުނީއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ