- Advertisement -ad image

ހިރާސް ބަދިގެ: ޕިއްޒާ ރޯލް ޕަފްސް

ad image

ގުޅުންހުރި ލިޔުންތައް

ރެސިޕީ: އައިމިނަތު ދީމާ ހާމިދު

ޕިއްޒާ ރޯލް ޕަފްސް
1 ޕަފް ޕޭސްޓްރީ ބްލޮކް
1 ޖޯޑް މޮޒަރިއްލާ ޗިޒް
3 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް ނޫނީ ކުކިން އޮއިލް
1 ފިޔާ
3 ލޮނުމެދު (ހިމުންކޮށްލާފައި)
1 ދަޅު ކޯންޑް ބީފް
1 ދަޅު ޓޮމާޓޯ (ޕީލް ޓޮމާޓޯ)
2/1 ޗިލީ ސޯސް ފުޅިއެއް
ރަހަލާވަރަށް ލޮނުކޮޅެއް
2/1 މިރުސް
1 މޭޒުމަތީ ސަމުސާ ކުކިން ހާބްސް
1 މޭޒުމަތީ ސަމުސާ ކޮށާލާފައިހުރި ޕާރސްލޭ
2 މޭޒުމަތީ ސަމުސާ ޕިއްޒާ ސޯސް
1 ބިސް
ހަދާނެ ގޮތް:
ފިޔާ، ލޮނުމެދު ތެޔޮކޮޅަކަށް އަޅައި މިލުވާލާށެވެ. ފިޔާކޮޅު މިލުމުން ކޯންޑް ބީފް، ޓޮމާޓޯ، ޗިލީ ސޯސް، ކުކިން ހާރބްސް، ލޮނު އަދި މިރުސް ކޮޅު އަޅާލާށެވެ. މަތިޖެހުމަށްފަހު މަޑު ގިނީގައި 30 މިނެޓް ވަންދެން ސޯސްގަނޑު އޮލަވަންދެން ކައްކާލާށެވެ. ފަޕް ޕޭސްޓްރީއަށް ފުށްކޮޅެއް އެޅުމަށްފަހު ދަމާލާށެވެ. ޕިއްޒާ ސޯސް އަދި މީޓް މިކްސްޗަރ އެޅުމަށްފަހު ޗީޒު ކޮޅު އަދި ޕާރސްލޭ ކޮޅު އަޅާލާށެވެ. ދަމާލި ފުށްގަނޑު ދިގަށް އޮޅާލާށެވެ. އަދި ބައިބަޔަށް ބުރިކޮށްލާށެވެ. އަވަނުގައި 150 ޑިގްރީ އަށް 30 އާއި 35 މިނެޓާއި ދެމެދު ފިހެލާށެވެ. ފިހެވުމުން އަވަނުން ނެގުމަށްފަހު އެގްވޮޝްކޮޅު ހާކާއިލުމުން އެއޮތީ ތައްޔާރުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ