- Advertisement -ad image

ހިރާސް ބަދިގެ: ނޯ ބޭކް ޗީޒް ކޭކް

ad image

ގުޅުންހުރި ލިޔުންތައް

ރެސިޕީ: އައިމިނަތު ދީމާ ހާމިދު

ނޯ ބޭކް ޗީޒް ކޭކް
ބޭނުންވާ ތަކެތި
1 ޕެކް ލޭޑީ ފިންގަރސް
1 ޖޯޑް ކިރު
1 ޖޯޑް ބައި ކްރީމް ޗީޒް
1 ޖޯޑް ހަކުރު
1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
1 މޭޒުމަތީ ސަމުސާ ލުނބޮލުގެ ހުތް
½ މޭޒުމަތީ ސަމުސާ ޖެލަޓިން (ދެލަޓިން ކޮޅު ދެ މޭޒުމަތީ ސަމުސަލުގެ ހޫނުފެނަށް ގިރުވާލާއިފައި)
½ ވިޕިން ކްރީމް
ސްރޯބެރީ ޖޭމް ނުވަތަ ޕިސްޓަރޗިއޯ ކްރީމް
ހަދާނެ ގޮތް:
ބޭކިން ޓްރޭގައި ސެރެއިން ރެޕް އޮޅާލާށެވެ. ދެން ލޭޑީ ފިންގަރސް ކޮޅު ކިރިކޮޅުގެ ތެރެއަށް އަޅާ ކުޑައިރުކޮޅެއް ވަންދެން ބަހައްޓާލާށެވެ. ކުޑަކޮށް ފޯވުމުން ޓްރޭ ވަށައިގެން އަތުރާލާށެވެ. ލޭޑީ ފިންގަރ ކޮޅެއް މުގުރާލުމަށްފަހު ޓްރޭގެ އަޑީގައި ފަތުރާލާށެވެ. އެހެން ތައްޓެއްގައި ކްރީމް ޗިޒް އަދި ހަކުރު ކޮޅު އަޅައި ރަނގަޅަށް މިކްސް ކޮށްލަމުން ލުނބޯ ހުތް ކޮޅު އަޅަމުން ވެނީލާ އެސެންސް އަދި ޖެލަޓިން ކޮޅު އަޅާލާށެވެ. ޖެލަޓިން ކޮޅު ހުންނަންވާނީ ހިހޫވެފައެވެ. އެންމެފަހުން ވިޕިން ކްރީމް ކޮޅު އަޅާލުމަށްފަހު ސްޓިފް ޕީކްސް ވަންދެން މިކްސް ކޮށްލާށެވެ. ޗީޒްކޭކް މިކްސްޗަރ ޓްރޭއަށް އަޅާލުމަށްފަހު ދެ ގަޑިއިރު ވަންދެން އައިސް އަލަމާރީގައި ބަހައްޓާލާށެވެ. ދެގަޑިއިރުފަހުން ބޭނުންފުޅުވާ ކުރީމެއް ނުވަތަ ޖޭމެއް މަތީގައި ހާކާލާށެވެ. ޕިސްޓާރޗިއޯ ކްރީމް އެއް ކުރާނަމަ، ދެ މޭޒުމަތީ ސަމުސާ ޕިސްޓަރޗިއޯ ކްރީމް، 2 ނުވަތަ 3 މޭޒުމަތީ ސަމުސާ ޗިޒް ކޭކް ބެޓަރ ނުވަތަ ވިޕިން ކްރީމް އެއްކޮށްލުމަށްފަހު ޗީޒު ކޭކް މަތީ ހަކާލާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ