- Advertisement -ad image

ހިރާސް ބަދިގެ: ބީފް ބާގަރ

ad image

ގުޅުންހުރި ލިޔުންތައް

ރެސިޕީ: އައިމިނަތު ދީމާ ހާމިދު

ބީފް ބާގަރ
ޕެޓީކޮޅު ހެދުމަށް
200 ގުރާމް/ ހިމުންކޮށްލާފައި ހުރި ބީފް
1 ކިއުބުކޮށް ކޮށާފައި ހުރި ފިޔާ
2 މޭޒުމަތީ ސަމުސާ ގާލިކް ޕައުޑަރ
½ މޭޒުމަތީ ސަމުސާ ޖިންޖަރ ޕައުޑަރ
1 މޭޒުމަތީ ސަމުސާ އަސޭމިރުސް
½ މޭޒުމަތީ ސަމުސާ ލޮނު
1 ނޫނީ 2 މޭޒުމަތީ ސަމުސާ ސޯޔާސޯސް
1 މޭޒުމަތީ ސަމުސާ ކޯން ފްލަރ
ޗީޒް ފޮއްޗެއް
2 މޭޒުމަތީ ސަމުސާ ބަޓަރ
ބާގަރ ބަން
ކެރެމަލައިޒްޑް އޮނިއަން:
ބަޓަރކޮޅު ތަވައަށް އަޅާލުމަށްފަހު ފިޔާ މަޑުގިނީގައި ރަންކުލަ އަރަންދެން މިލުވާލާށެވެ.
ސްޕައިސީ ސަބްމެރިން ސޯސް
(ޗިލީ ޕައުޑަރ އަދި ޗިލީ ސޯސް އާދައިގެ ސަބްމެރިން ސޯސް އާއި އެއްކޮށްލާނީއެވެ)
ހަދާނެގޮތް:
ތައްޓަކަށް ބީފް، ފިޔާ، ލޮނުމެދު، އިނގުރު، އަސޭމިރުސް، ލޮނު، ސޯއީސޯސް، އަދި ކޯންފްލަރ މިކްސްކޮށްލާށެވެ. އެއްކުރި އެއްޗެހި ކުދި ކުދި ކޮށް ވަށްކޮށް ގުޅަ ޖަހާލާށެވެ. ދެން ގުޅަތަކުން ބާރގަރ ޕެޓީސް ހަދާލާށެވެ. ހޫނުކޮށްފައި ހުރި ތަވަޔަށް ބަޓަރކޮޅު އެޅުމަށްފަހު ބާގަރ ޕެޓީ ލާ ފިހެލާށެވެ. މިހެން ފިހާއިރު ފިހާނީ ފަހަރަކު ފަޅިއެކެވެ. ޗީޒް ފޮތި މައްޗަށްލުމަށްފަހު އިރުކޮޅެއް ވަންދެން އުނދުން މަތީ ބަހައްޓާލާފައި ޗީޒް ކޮޅު ދިޔާވުމުން ނަގާށެވެ. ބާގަރ ބަން ދެފަޅި ހަމަ އެ ތަވާގެ ތެރެއަށްލާ ފިހެލާށެވެ. ސަބުމެރިން ސޯސްކޮޅު ބާގަރ ބަންގައި ހާކާލުމަށްފަހު (އެބޭފުޅަކަށް ކަމުދާ ވަރަކަށް) ބާރގަރ ޕެޓީ އަތުރާލާށެވެ. ދެން އޭގެ މައްޗަށް ކެރަމަލައިޒްޑް އޮނިއަން ކޮޅު މައްޗަށް އަޅާލުމުން އެއޮތީ ބާރގާ ބަން ނިމިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ