ރެސިޕީ: އައިމިނަތު ދީމާ ހާމިދު
ބާގަރ ސޯސް
ބޭނުންވާ ތަކެތި:
3/4 ޖޯޑް މަޔޮނައިޒް
1 މޭޒުމަތީ ސަމުސާ މާމުއި
2 ސައިސަމުސާ މަސްޓަރޑް
3 މޭޒުމަތީ ސަމުސާ ޗިލީ ސޯސް
1/2 މޭޒުމަތީ ސަމުސާ މުގުރި މިރުސް
ހަދާނެ ގޮތް:
ފުރަތަމަ ތައްޓަކަށް މަޔޮނައިޒް ކޮޅު އަޅާލާށެވެ. އެއަށްފަހު މާމުއި، މަސްޓަރޑް ކުރީމް، ޗިލީ ސޯސް އަދި މުގުރި މިރުސްކޮޅު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އޭރުން ބާގަރ ސޯސް ތައްޔާރުކޮށް ނިމުނީއެވެ.
