- Advertisement -ad image

ހުކުރު ހާއްސަ: ތަންދޫރީ ޗިކަން

ad image

ގުޅުންހުރި ލިޔުންތައް

ތަންދޫރީ ޗިކަން
ބޭނުންވާ ތަކެތި:
1000ގ ނުވަތަ 1200ގ ކުކުޅެއް
1 މޭޒުމަތީ ސަމުސާ ހިމުންކޮށްފައި ހުރި ލޮނުމެދު
1 މޭޒުމަތީ ސައިސަމުސާ ހިމުންކޮށްފައި ހުރި އިނގުރު
1 ސައިސަމުސާ ރީނދޫ
1 ސައިސަމުސާ ކޮރިއަންޑަރ ޕައުޑަރ
1 ސައިސަމުސާ މުގުރި ދިރި
1 ސައިސަމުސާ ގަރަމް މަސާލާ
2 ސައިސަމުސާ ޓިކަރ މަސާލާ
2 ސައިސަމުސާ ތަންދޫރީ މަސާލާ
2 ސައިސަމުސާ މުގުރި މިރުސް
8 މޭޒުމަތީ ސަމުސާ ޕްލެއިން ޔޯގަރޓް
ލުނބޮލެއްގެ އެއްފަޅީގެ ހުތް
ލޮނު އަދި އަސޭމިރުސް ރަހަލާ ވަރަށް
2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް ނުވަތަ ސަންފްލާރވަރ އޮއިލް
އޮރޮންޖު ކުލައިގެ ކާކުލަ (ބޭނުންފުޅުނަމަ)
ހަދާނެ ގޮތް:
ހުރިހާ އެއްޗިއްސެއް ރަނގަޅަށް އެއްކޮށްލާށެވެ. އަދި ކުކުޅުގައި ރަނގަޅަށް މިކްސް ކުރި ބައި ރަނގަޅަށް އުނގުޅާލާށެވެ. ކުކުޅުގެ ބޭރުގަ އަދި އެތެރޭގައިވެސް ރަނގަޅަށް އުނގުޅާލަންވާނެއެވެ. އެއަށްފަހު 3 ނޫނީ 4 ގަޑި އިރު ވަންދެން މެރިނޭޓް ކޮށްލަން ބަހައްޓާލާށެވެ. 200 ޑިގްރީގައި އަވަން ޕްރީ ހީޓް ކުރުމަށްފަހު ކުކުޅު ރަނގަޅަށް ފިހެވެންދެން ބަހައްޓާލާށެވެ. އާއްމުކޮށް 25 ނޫނީ 30 މިނެޓާއި ދޭތެރޭ ބަހައްޓާލުމުން ކުކުޅު އޮންނާނީ ފިހެވިފައެވެ. ފިހުނު ކުކުޅު ފަރާޓާ އަދި ބަތާއި އެކުވެސް ކެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ