- Advertisement -ad image

ގޭގައި ޕިއްޒާ ސޯސް ހަދާނީ މިގޮތަށް!

ad image

ގުޅުންހުރި ލިޔުންތައް

ޕިއްޒާ ސޯސް
ބޭނުންވާ ތަކެތި:
1 ކިލޯ ޓޮމާޓޯ (ކިއުބު ކޮށް ކޮށާފައި)
ރޯމިރުސް (ކޮށާފައި)
6 ފިޔާ (ކިއުބު ކޮށް ކޮށާފައި)
ހިނކަދިފަތް (ކޮށާފައި)
9 ލޮނުމެދު (ކޮށާފައި)
1 ޖޯޑު ފެން
1/2 ތެޔޮ
1 ފުޅި ޓޮމާޓޯ ސޯސް
2 ސައިސަމުސާ ކުދި ދިރި
2 ސައިސަމުސާ މުގުރި މިރުސް
1 ސައިސަމުސާ އަޖިނަ މޮޓޯ
2 ސައިސަމުސާ އަސޭމިރުސް
1 ފުޅި ޗިލީ ސޯސް
ތައްޔާރުކުރާނެގޮތް:
ކުޑަތެޔޮކޮޅެއްގައި ފިޔާ، ހިނކަދިފަތް، ލޮނުމެދު އަދި ރޯމިރުސްކޮޅު ވަޅޯކޮށްލާށެވެ. މިތަކެތި މޯޅިވުމުން 1 ސައިސަމުސާ ދިރި، 1 ސައިސަމުސާ އަސޭމިރުސް އަދި 2 ސައިސަމުސާ ޗިލީ ޕައުޑަރ އަޅާ އެއްކޮށްލާށެވެ. އެއީ ރަހަލާ ވަރަށް ލޮނުއެޅުމަށް ފަހުގައެވެ. ދެން މިބައިގެ ތެރެއަށް ކޮށާފައި ހުރި ޓޮމާޓޯ ކޮޅު އަޅާލާށެވެ. ޓޮމޯޓާ ރަނގަޅުވާނީ ވީހާވެސް ފާކޮށް ހުންނަ ޓޮމާޓޯއެވެ. ދެން އޭގެ ތެރެއަށް އެއް ފުޅި ޓޮމާޓޯ ސޯސް އަދި 1 ފުޅި ޗިލީ ސޯސް އަޅާފައި ފެން އަޅައިގެން ޓޮމާޓޯ މަޑުވަންދެން ކައްކާށެވެ. (މަޑު ގިނީގައި 20 ނުވަތަ 30 މިނެޓް ވަންދެން) ޗިކަން/ބީފް ޕިއްޒާ ހަދާނަމަ މި ސޯސްގަނޑު އަޅާނީ މަސްގަނޑުގެ އަޑިއަށެވެ. ޓޫނާ ޕިއްޒާ ހަދާނަމަ މަސްގަނޑު ސޯސް ގަނޑާއި އެއްކުރާނީއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ