- Advertisement -ad image

ހިރާސް ބަދިގެ: އޯރިއޯ ކޭކް ޓްރަފުލް

ad image

ގުޅުންހުރި ލިޔުންތައް

ރެސިޕީ: އައިމިނަތު ދީމާ ހާމިދު

އޯރިއޯ ކޭކް ޓްރަފުލް
ބޭނުންވާ ތަކެތި:
2 ބޮޑު އޯރިއޯ ޕެކެޓް ނުވަތަ 1 ½ ޖޯޑު ހިމުންކޮށްލާފައި ހުރި އޯރިއޯ ބިސްކޯދު
1 ޖޯޑު ކިރު
1 މޭޒުމަތީ ސަމުސާ ބޭކިން ޕައުޑަރ
1 ދަޅު ނެސްލޭ ކްރީމް
1 ޕެކެޓް އިންސްޓަންޓް ވިޕިން ކްރީމް
2 މޭޒުމަތީ ސަމުސާ ހިކި ކިރު ޕައުޑަރ
2 މޭޒުމަތީ ސަމުސާ ނަޓެއްލާ
ހަދާނެ ގޮތް:
ތަށީގެ ތެރެއަށް މުގުރާލާފައި ހުރި އޯރިއޯކޮޅު، ކިރު އަދި ބޭކިން ޕައުޑަރ ކޮޅު އަޅާ ކޭކުގެ މިކްސް އަކަށް ވަންދެން ރަނގަޅަށް އެއްކޮށްލާށެވެ. ވިސްކް އަދި ހޭންޑް މިކްސަރ އަކުންވެސް މިކަން ކޮށްލެވިދާނެއެވެ. ބޭކިން ޓްރޭއަށް އަޅާލުމަށްފަހު 150 ޑިގްރީގައި 25 ނުވަތަ 30 މިނެޓާއި ދެމެދު ފިހެލާށެވެ. ކޭކު ފިހެވުމުން ހިހޫ ވަންދެން އެއްފަރާތުގައި ބަހައްޓާލާށެވެ.
އެހެން ތައްޓަކަށް ނެސްލޭ ކްރީމް ދަޅު، ވިޕިން ކްރީމް، އަދި ހިކި ކިރު އެޅުމަށްފަހު ސައިޒު ޑަބަލް ވަންދެން ރަނގަޅަށް އިލެކްޓްރިކް މިކްސަރަކުން މިކްސް ކޮށްލާށެވެ. ދެން ކުރީމް ގަނޑުގެ ހާފު ނެގުމަށްފަހު ކޭކު މަތީގައި އުނގުޅާލާށެވެ. ބާކީ ހުރި ކުރީމް ކޮޅުގެ ތެރެއަށް ނަޓެއްލާ އަލާ އެކުލަވާލުމަށްފަހު ކޭކުމަތީގައި އުނގުޅާލާށެވެ. ދެން އޭގެ މައްޗަށް ހިމުންކޮށްލާފައި ހުރި އޯރިއޯ ބިސްކޯދު ކޮޅު އަޅާލާށެވެ. ދެން 30 މިނެޓް ވަންދެން އައިސްއަލަމާރިގައި ބެހެއްޓުމަށްފަހު ސާރވް ކޮށްލާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ