- Advertisement -ad image

ހިރާސް ބަދިގެ: ޔޯގަރޓް ކޭކް

ad image

ގުޅުންހުރި ލިޔުންތައް

ރެސިޕީ: އައިމިނަތު ދީމާ ހާމިދު

ޔޯގަރޓް ކޭކް
ބޭނުންވާ ތަކެތި:
4 ބިސް (ބިހުގެ ހުދުބައި ވަކިކޮށްފައި)
250 ގ ޕްލެއިން ޔޯގަރޓް (އަހަރެން ބޭނުންކުރީ ދެ ޖޯޑް)
50 ގ ކޭކު ފުށް ( އާދައިގެ ފުށް އަދި ކޯންފްލަރ)
1/4 ސައިސަމުސާ ލުނބޯ ހުތް
1/2 ޖޯޑު ހަކުރު

ކްރީމް ކޮޅު ހަދައިލުމަށް:
4 މޭޒުމަތީ ސަމުސާ ބަޓަރ
3 މޭޒުމަތީ ސަމުސާ ގެރިކިރު
ބަޓަރ ކޮޅު ވިޕް ކޮށްލާނީ ފްރޮތީ ވަންދެން އެއަށްފަހު ދެން ގެރިކިރު ކޮޅު އެއްކޮށްލާނީ. ދެން ވިޕްކޮށްލުމަށްފަހު ދެބައި އެކުވަންދެން ގަދަޔަށް ކައްކާލާނީ

ތައްޔާރުކުރާނެ ގޮތް:
ތައްޓަކަށް ޔޯގަޓްކޮޅު އަޅައިލުމަށްފަހު، ބިހުގެ ގޮބަޅި އަދި ފުށްކޮޅު އަޅައިލުމަށްފަހު ސްމޫތު ކަން އަންނަންދެން މިކްސްކޮށްލާށެވެ.
ދެން އެހެން ތައްޓެއްގައި ބިހުގެ ހުދުބައި އަދި ލުނބޯ ހުތް ކޮޅު އެއްކޮށްލާނީ. ހޭންޑް މިކްސަރއެއް ބޭނުންކޮށްގެން ވަރަށް ބާރަށް ވިސްކް ކޮށްލާށެވެ. އަދި ފަހަރަކު ހަކުރު ސަމުސަލެއް އެއް ކުރަމުން ކުރިއަށްގެންދާށެވެ. އަދި ބިހުގެ ހުދުބައި ރަނގަޅަށް އޮލަޖެހެންދެން ގިރާލާށެވެ.
1/2 ޖޯޑް ބިހުގެ ހުދުބައި ޔޯގަޓް މިކްސް އަށް އެއް ކުރުމަށްފަހު މަޑުމަޑުން ފޯލްޑް ކުރަމުންދާށެވެ.
ދެން ޔޯގަޓް މިކްސް ކޮޅު ބިހުގެ ހުދުބައިގެ ތެރެއަށް އަޅާލުމަށްފަހު މަޑުމަޑުން ފޯލްޑް ކުރަމުންދާށެވެ.
ޓްރޭއަށް ކޭކް ބެޓަރ ކޮޅު އަޅާލުމަށްފަހު ވޯޓަރ ބާތްގައި 80 މިނެޓަށް ފިހެލާނީ 150 ޑިގްރީއަށެވެ.
ކޭކު ފިހެވުމުން ހިހޫވަންދެން ބަހައްޓާލާށެވެ. ކޭކުގެ ކައިރިފަށް ކަފާލުމަށްފަހު ބަޓަރ ކްރީމް އުނގުޅާލާށެވެ. އަދި ސާރވް ކޮށްލުމުގެ ކުރިން 20 މިނެޓް ފިނިކޮށްލަން ފްރިޖްގައި ބަހައްޓާލާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ