- Advertisement -ad image

ހިރާސް ބަދިގެ: ޗިކަން ކްރީޕްސް

ad image

ގުޅުންހުރި ލިޔުންތައް

ރެސިޕީ: އައިމިނަތު ދީމާ ހާމިދު

ޗިކަން ކްރީޕްސް
ބޭނުންވާ ތަކެތި:
400-500 ބޯންލެސް ޗިކަން ބްރަސްޓް (ފަތިކޮށް ކޮށާލާފައި)
1 މޭޒުމަތީ ސަމުސާ ތެޔޮ
1 މޭޒުމަތީ ސަމުސާ ގާލިކް އަދި ޖިންޖަރ ޕޭސްޓް
1 މޭޒުމަތީ ސަމުސާ ކޮރިއަންޑަރ ޕައުޑަރ
1 ސައިސަމުސާ ގަރަމް މަސާލާ
1 ސައިސަމުސާ ރިނދޫ
2 ސައިސަމުސާ މުގުރި މިރުސް
4 މޭޒުމަތީ ސަމުސާ ޔޯގަރޓް
ހުރިހާ އެއްޗެއް މިކްސްކޮށްލުމަށްފަހު މެރިނޭޓްކޮށްލަން 1 ގަޑި އިރުވަންދެން ބަހައްޓާލުމަށްފަހު ޕޭންގައި ގްރިލްކޮށްލާށެވެ. ދެން ކުކުޅު ކޮޅު ހިހޫ ވުމުން ދިގަށް ކޮށާލާށެވެ.
ކްރީޕް ފިލްކޮށްލުމަށް:
½ ގްރީން ބެލްޕެޕަރއެއް ދިގަށް ކޮށާލާފައި
1 ފިޔާ ދިގަށް ކޮށާލާފައި
1 ޖޯޑް މޮޒަރިއްލާ
ކްރިޕް މިކްސްއަށް؛
1 ½ ޖޯޑު ކިރު
1 ސައިސަމުސާ ލޮނު
½ ސައިސަމުސާ ހަކުރު
¼ ތެޔޮ
1 ½ ފުށް
2 ބިސް
ހަދާނެ ގޮތް:
ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު ފުރާނާލާށެވެ. އަދި 15 މިނެޓް ވަންދެން ބަހައްޓާލާށެވެ.
އެއަށްފަހު ކުކުޅު ކޮޅު ގްރިލްކޮށްލި ތަވައަށް ބެލް ޕެޕަރކޮޅު، ފިޔާ، ކުކުޅު އަދި އެއްކޮށްލުމަށްފަހު ތަރުކާރީކޮޅު މަޑުވެލަންދެން ބަހައްޓާލާނީ.
އެހެން ތަވައެއްގައި ތެޔޮ އުނގުޅުމަށްފަހު ކްރީޕް މިކްސް އަޅާލާލުމަށްފަހު ދެފަރާތް ފިހެވެންދެން ބަހައްޓާލާނީއެވެ. ކްރީޕް ފިހެވުމުން ރަންކުލައިގެ ތިކިތަކެއް ކްރީޕަށް އަރާނެއެވެ. ދެން ތައްޓަކަށް ކްރީޕްލުމަށްފަހު ޗިކަން މިކްސް ކޮޅު އަޅާއި މޮޒަރިއްލާ ޗީޒު އަޅާލާނީއެވެ. ދެން ކްރީޕް ބަންދުކޮށްލުމަށްފަހު ތަވާމައްޗަށްލުމަށްފަހު ކައރިއަށް ރަންކުލަ އަރަންދެން ފިހެލާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ