- Advertisement -ad image

ހިރާސް ބަދިގެ: ކުކުޅު ކުރަނޑި

ad image

ގުޅުންހުރި ލިޔުންތައް

ކުކުޅު ކުރަނޑި
ބޭނުންވާ ތަކެތި:
1 ޕެކެޓް ކުކުޅު ކުރަނޑި
1 ޕެކެޓް ޓޮމާޓޯ ޕޭސްޓް
1 މޭޒުމަތީ ސަމުސާ މުގުރި މިރުސް
5 ހިނކަދިފަތް
1 ގިތޮޔޮ މިރުސް
1 ފިޔާ
2 ލޮނުމެދު

2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ސޯސް

2 މޭޒުމަތީ ސަމުސާ ކާށިކިރު
ރަހަލާ ވަރަށް ލޮނުކޮޅެއް
ނޫޑުލުސް ސޫޕުކޮޅެއް
މުގުރި އަސޭމިރުސްކޮޅެއް
ހަދާނެގޮތް:
އެންމެ ފުރަތަމަ ކުރަނޑިކޮޅު 15 މިނެޓް ވަންދެން ގަދަޔަށް ފެނުގައި ކައްކާލާށެވެ. ކެކެމުންދާ ވަރަކަށް އަރަމުންދާ ފިއްލެޔޮތައް ނަގަންވާނެއެވެ. ދެން ފެންގަނޑު އޮއްސާލުމަށްފަހު ބަހައްޓާލާށެވެ.
ތެއްޔަކަށް ފިޔާ، ލޮނުމެދު އަދި ހިކަނދިފަތް އަޅައިގެން ތެޔޮކޮޅެއްގެ ތެރޭގައި މިލުވާލާށެވެ. ދެން މުގުރިމިރުސް، އަސޭމިރުސް، ގިތެޔޮ މިރުސް އަދި ސޫޕުކޮޅާއި ލޮނުކޮޅު އަދި ޓޮމާޓޯ ޕޭސްޓާއި ޓޮމާޓޯ ސޯސް އަޅާލުމަށްފަހު އިރުކޮޅަކު ކައްކާލާށެވެ. ދެން ކުޑަ ފެންކޮޅަކާއި ކިރު ކޮޅު އެޅުމަށްފަހު މިނެޓަށް ވަންދެން ބަހައްޓާލާށެވެ. ދެން ކުރަނޑިކޮޅު އަޅާ 10 ވަރަކަށް މިނެޓް ވަންދެން މަޑުގިނީގައި ކައްކާލުމުން ނިމުނީއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ