- Advertisement -ad image

ހިރާސް ބަދިގެ: ޗޮކްލެޓް ސްވިސް ރޯލް ކޭކް

ad image

ގުޅުންހުރި ލިޔުންތައް

ރެސިޕީ: އައިމިނަތު ދީމާ ހާމިދު

ޗޮކްލެޓް ސްވިސް ރޯލް ކޭކް
ބޫނުންވާ ތަކެތި:
1/3 ޖޯޑު ތެޔޮ
1/3 ޖޯޑް ކިރު
1/2 ޖޯޑު ކޭކު ފުށް (1:1 ގެ މިންވަރަށް އާދައިގެ ފުށް އަދި ކޯންފްލަރ)
4 މޭޒުމަތީ ސަމުސާ ކޯންފްލަރ
6 ބިސް (ހުދުބައި އަދި ގޮބޮޅި ވަކިކޮށްފައި)
1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
1 ޖޯޑު ހަކުރު
ތައްޔާރު ކުރާނެ ގޮތް:
ތައްޓަކަށް ކިރު އަދި ތެޔޮކޮޅު އަޅާށެވެ. ދެބައި އެއްވަންދެން ރަނގަޅަށް އެއްކުރާށެވެ. ދެން ބިހުގެ ގޮބަޅި، ފުށް އަދި ކޮކޯ ޕައުޑަރ ކޮޚު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.
ދެން އެހެން ތައްޓެއްގައި ބިހުގެ ހުދުބައި، ލުނބޯ ހުތްކޮޅު އެޅުމަށްފަހު މިކްސަރުން ފްރޮތީ ވަންދެން ރަނގަޅަށް މިކްސްކޮށްލާށެވެ. ދެން މަޑުމަޑުން ހަކުރު އަޅަމުން އެއްކުރަމުންދާށެވެ. މިގޮތަށް މިކްސް ކުރަމުންދާނީ ބިހުގެ ހުދުގައި ޝޭޕުއަކަށް ވަންދެނެވެ.
ދެން ޗޮކްލެޓް ބެޓަރ ކޮޅުގެ ތެރެއަށް 1/2 ޖޯޑް އެގްވައިޓް އަޅައި ރަނގަޅަށް ފޯލްޑް ކުރަމުންދާށެވެ.
ދެން ޗޮކްލެޓް މިކްސްކޮޅު ލައިޓްވުމުން މި މިކްކޮޅު އެގްވައިޓް ކޮޅުތެރެއަށް އަޅައި އެއްކޮށްލާށެވެ.
ބޭކިން ޕެޕަރ ޓްރޭއަކަށް އަޅައި 150 ޑިގްރީގައި 25 މިނެޓާއި 30 މިނެޓާ ދޭތެރޭ ފިހެލާނީއެވެ.
ކޭކު ހިހޫވުމުން ކައިރިތައް ރީތިކޮށް ކަފާލާށެވެ. އެތެރޭގައި ވިޕިން ކްރީމްކޮޅެއް އުނގުޅާލުމަށްފަހު ރޯލް ކުރަމުން ފޯލްޑް ކުރަމުން ދާށެވެ.
ރޯލް ކޭކްގެ މަތީގައި ގަނާޗޭ އަދި ބަޓަރ ކުރީމް އުނގުޅާލެވިދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ