- Advertisement -ad image

ހިރާސް ބަދިގެ: ޓޫނާ ޓުރައިންގަލްސް

ad image

ގުޅުންހުރި ލިޔުންތައް

ޓޫނާ ޓްރެއިންގަލްސް
ބޭނުންވާ ތަކެތި:
2 ދަޅު މަސް
1 ފިޔާ
3 ލޮނުމެދު (ހިމުންކޮށްލާފައި)
5 ހިކަނދިފަތް
ހާފް ސްކޮޗް ބޮނެޓް
3/4 ޖޯޑް ފެހި، ރަތް، ރީނދޫ ބެލްޕެޕަރ
4 މޭޒުމަތީ ސަމުސާ ޗިލީ ސޯސް
1/2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
3 މޭޒުމަތީ ސަމުސާ ކުރީމް ޗީޒް
2 މޭޒުމަތީ ސަމުސާ ކުރީމް
ޕާން ފޮތި
ރަހަލާ ވަރަށް ލޮނު

ކުރަމްބް ކޮޅު ހަދާލުމަށް:
1/2 ޖޯޑް ކިރު
3 ބިސް
1 ޖޯޑް ބްރެޑް ކްރަމްބްސް

ހަދާނެގޮތް:
މަސްދަޅުގެ ތެޔޮ ކޮޅު ތަވަޔަށް އަޅާލާށެވެ. ދެން ފިޔާ، ލޮނުމެދު އަދި ހިނކަފިފަތް ކޮޅު ތެޔޮ ކޮޅުގައި މިލުވާލާށެވެ. ރީތިކޮށް މިލުމުން ބެލްޕެޕަރ އަދި ސްކޮޗް ބޮނެޓް ކޮޅު އަޅާލާނީއެވެ. މިނެޓެއް ވަންދެން ކައްކާލުމަށްފަހު މަސްދަޅު އަދި ޗިލީ ސޯސް، ޓޮމާޓޯ ޕޭސްޓް އަޅާލާނީއެވެ. ދެން ދެމިނެޓް ބެހެއްޓުމަށްފަހު ކުރީމް ޗީޒް އަފި ކުރީމް ކޮޅު އަޅާ އެއްކޮށްލާނީ. ނިއްވާލުމުގެ ކުރިން ލޮނުކޮޅެއް އަޅާ ރަހަ ހެޔޮވަރުކޮށްލާނީއެވެ.
ދެން ޕާން ފޮއްޗެއް ނެގުމަށްފަހު ދަމާލާ ޕާންފޮތީގެ ސައިޑްތައް ކަފާލާނީއެވެ. ދެން ޓޫނާ މިކްސް ކޮޅު އަޅާލުމަށްފަހު ޕާން ފޮތި ވަށައިގެން ފެން ހާކައިލުމަށްފަހު ޓުރައިންގަލް ބައްޓަމަށް ތަތްކޮށްލާނީއެވެ. ދެން ޓުރައިންގަލް އެގް މިކްސް އާއި ޑިޕްކޮށްލުމަށްފަހު ބްރެޑް ކުރަމްބްސް އުނގުޅާލުމަށްފަހު ތެލުލުމުންނިމުނީއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ