މޮންގޯލިއަން ރައީސް
ބޭނުންވާތަކެތި:
3 ޖޯޑު ހަނޑޫ (ކައްކާފައި)
1 ފިޔާ
3 ލޮނުމެދު
½ ސަމުސާ އިނގުރު
ލޮނު
½ ސަމުސާ މުގުރި މިރުސް
އަސޭމިރުސް
300 ގ ކުކުޅު (ކައްކާފައި)
1 ޖޯޑު ސްޕްރިންގް އޮނިއަން
3 ބިސް
ރަތް އަދި ފެހި ކެޕްސިކަމް
ކެބެޖު، ކެރެޓު، ސްޕްރިންގް އަނިއަން
1 މެޒުމަތީ ސަމުސާ އޮއިސްޓަރ ސޯސް
3 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
1 މޭޒުމަތީ ސަމުސާ ރައިސް ވިނިގަރ
ތައްޔާރުކުރާނެ ގޮތް:
ތަވައަކަށް ތެޔޮ އަޅައި ހޫނުވުމުން ލޮނުމެދު، އިނގުރު އަދި ފިޔާ މޯޅިކޮށްލާށެވެ. ދެން ކެޕްސިކަމް، ކުކުޅު އަޅައި 2 މިނެޓް ކައްކާށެވެ. އެއަށްފަހު މެދުގައި ހުސްޖާގައެއް ހެދުމަށްފަހު ބިސް އަޅައި ކްރަމްބްލް ކޮށްލާށެވެ.
ދެން މިރުސް، ލޮނު، އަސޭމިރުސް، ސޯސްތައް އަޅައި އެއްކޮށްލުމަށްފަހު ތަރުކާރީތައް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.