- Advertisement -ad image

ހިރާސް ބަދިގެ: ޗިކަން ވިތް ކެޝޫނަޓް

ad image

ގުޅުންހުރި ލިޔުންތައް

ޗިކަން ވިތް ކެޝޫނަޓް
ބޭނުންވާތަކެތި:
½ ކެރެޓް
½ ކެޕްސިކަމް
3 ލޮނުމެދު
1 ބޮޑު ފިޔާ
1 ސައިސަމުސާ ކޯންފްލާ + 1 މޭޒުމަތީ ސަމުސާ ފެން
2 ސަމުސާ ތެޔޮ
100 ގ ބޯންލެސް ޗިކަން
1 މޭޒުމަތީ ސަމުސާ ކޯންފްލަރ + 1 މެޒުމަތީ ސަމުސާ ފުށް (ކުކުޅު ތެލުލުމަށް)
1 ސައިސަމުސާ ވައިޓް ވިނިގަރ
½ ސަމުސާ އަސޭމިރުސް
1 ސައި ސަމުސާ ޑާރކް ސޯޔާ ސޯސް
2 ސައި ސަމުސާ އޮއިސްޓަރ ސޯސް
50 ގ ކެޝޫނަޓް
ތައްޔާރުކުރާނެ ގޮތް:
ކޯންފްލާއަށް ފުށް އަޅާފައި ކުޑަ ފެންފޮދެއްއަޅާފައި އެއްކޮށްލުމަށްފަހު ކުކުޅުކޮޅު ތެރެއަށް އަޅާ އެއްކޮށްލާށެވެ. ލޮނު އަދި އަސޭމިރުސް ކޮޅެއް އަޅައި އެއްކޮށްލުމަށްފަހު މެރިނޭޓްކޮށްލުމަށް 1 ގަޑިއިރު ވަންދެން ބަހައްޓާށެވެ. ދެން ކުކުޅުތައް ތެލުލާފައި ބަހައްޓާށެވެ.
ތެއްޔަކަށް ތެޔޮ އެޅުމަށްފަހު، ފިޔާ، ލޮނުމެދު، ކެރެޓް އަދި ކެޕްސިކަމް ހަނާކޮށްލުމަށްފަހު ވިނިގަރ، އަސޭމިރުސް، ސޯޔާސޯސް އަދި އޮއިސްޓަރ ސޯސް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ދެން ކޯންފްލަރ ފެންފޮދުގައި އެއްކޮށްލުމަށްފަހު ސޯސްތެރެއަށް އަޅާފައި އޮލަވަން ފެށުމުން ކުކުޅު އަދި ކެޝޫނަޓު އަޅާ އެއްކޮށްލާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ