ރެސިޕީ: އައިމިނަތު ދީމާ ހާމިދު
ލަހްމާޖޫން
ބޭނުުންވާ ތަކެތި:
300-400 ގްރާމް މިންސިޑް ބީފް
2 ފިޔާ
6 ލޮނުމެދު
ބެލް ޕެޕަރއެއްގެ އެއް ފަޅި
2 ރަތް ޓޮމާޓޯ
2 ސްޕްރިންގް ފިޔާ
2 މޭޒުމަތީ ސަމުސާ ޕާރސްލީ (ހިއްކާފައި ހުރި)
2 މޭޒުމަތީ ސަމުސާ ހާބް މިކްސް
ރަހަލާ ވަރަށް ލޮނާއި އަސޭމިރުސް
2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
1-2 މޭޒުމަތީ ސަމުސާ ރަތް ޗިލީ ޕައުޑާ
4 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
7 ޓޯޓިލާ ރެޕް
ޓޮޕިންގްސް:
1 ފިޔާ (ގޮޅިކޮށް ކޮށާފައި)
1 ލުނބޯގެ ހުތް
ތާޒާކޮށް ކޮށާފައި ހުރި ކޮރިއަންޑާ
މި ތަކެތި ރަނގަޅަށް މޮޑެލުމަށްފަހު އެއްފަރާތުގައި ބަހައްޓާށެވެ.
ތައްޔާރުކުރާނެ ގޮތް:
ބްލޭންޑަރެއް ބޭނުންކޮށްގެން ފިޔާ، ލޮނުމެދު، ބެލް ޕެޕާ އަދި ޓޮމާޓޯ ފަދަ ތަކެތި ބްލެންޑް ކޮށްލާށެވެ. މިންސެސްޑް ބީފް، ކޮށާފައި ހުރި ސްޕްރިންގް ފިޔާ، ޕާރސްލީ، ހާބް މިކްސް، ލޮނު، އަސޭމިރުސް، ޗިލީ ޕައުޑާ އަދި ޓޮމާޓޯ ޕޭސްޓް އެއްކޮށްލާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން އެއްކޮށްލާށެވެ. މީޓް މިކްސްޗަރ ޓޯޓިލާ ރެޕެއްގެ މައްޗަށް ފަތުރާލުމަށްފަހު އަވަން މެދު ހޫނުމިނުގައި ބަހައްޓައިގެން ދެފަރާތްވެސް ފިހެލާށެވެ.
ފިހެ ނިމުމުން ފިޔާ އަދި ކޮރިއަންޑަރ މިކްސް އެއްކޮށްލުމަށްފަހު ޓޯޓިލާ ރޯލްއެއް ގޮތަށް އޮޅާލާށެވެ. އެއަށްފަހު ޕްލެއިން ނުވަތަ ސްޕައިސީ މަޔޯ އާއެކު ސާވް ކުރާށެވެ.