ރެސިޕީ: އައިމިނަތު ދީމާ ހާމިދު
ކްރީމް ޗިކަން ޕަފް
300-400 ގްރާމް ބޯންލެސް ޗިކަން ބްރެސްޓް (ކުދި ކިއުބްގޮތަށް ކޮށާފައި)
2 މޭޒުމަތީ ސަމުސާ ތެޔޮ ނުވަތަ ބަޓަރު
1 ފިޔާ ކޮށާފައި
5 ލޮނުމެދު ގާނާފައި
1 ސައި ސަމުސާ ޗިލީ ޕައުޑާ
1 ސައި ސަމުސާ މުގުރި ހިކި މިރިސް
1 ސައި ސަމުސާ އޮރެގާނޯ
1 ސައި ސަމުސާ ދިރި ޕައުޑަރ
2 ސައި ސަމުސާ ޗިލީ ޕައުޑާ
1 މޭޒުމަތީ ސަމުސާ ފުށް
125 އެމްއެލް ކިރު
50 ގްރާމް ކްރީމް ޗީޒް
3/4 ޖޯޑު ގަނޑުކުރި ކޯން
1/2 ޖޯޑު ގާނާފައި ހުރި މޮޒަރެލާ
ޕަފް ޕޭސްޓްރީ ފުށްގަނޑެއް
މެދު މިނުގެ ހޫނުގައި ތަވާ ބަހައްޓައިގެން 2 މޭޒުމަތީ ސަމުސާ ތެޔޮ ނުވަތަ ބަޓަރު އެޅުމަށްފަހު ފިޔާ އަދި ލޮނުމެދު މީރުކޮށްލާށެވެ. ފިޔާކެރެމެލައިޒް ވުމުން ކޮށާފައި ހުރި ކުކުޅުުތައް އަޅާފައި އިރުކޮޅެއްވަންދެން މީރުކޮށްލާށެވެ. ދެން ސީޒަނިންތައް އެޅުމަށްފަހު ފުށް އަޅާލާށެވެ. ފުށް ރަނގަޅަށް ކުކުޅާއި އެއްވުމުން ކިރާއި ކޯން އަޅާލާށެވެ. ރަނގަޅަށް އޮލަވެ، ސިފަޖެހެންދެން ހަލަމުން ކައްކާށެވެ. އެންމެ ފަހުން ކްރީމް ޗީޒް އާއި މޮޒަރެލާ އެޅުމަށްފަހު ވަގުތުން އުނދުން ނިއްވާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ޕަފް ޕޭސްޓްރީ ފުށްގަނޑު ރޮށި ދަމާގޮތަށް ދަމާލާށެވެ. ކައްކާފައި ހުރި ޗިކަން ކޮޅަކާއި އިތުރު ޗީޒްކޮޅެއް ފުށްގަނޑުގެ މައްޗަށް އެޅުމަށްފަހު ބަންދުކޮށްލާށެވެ. ބަންދުކުރި ޕޭސްޓްރީ ފުށްގަނޑުގެ ދެފަރާތުގައި ބުރުހަކުން ބިސް އުނގުޅާލުމަށްފަހު 150 ޑިގްރީ ސެލްސިއަސްގައި 12-15 މިނެޓު ވަންދެން ފިހެލާށެވެ.