ރެސިޕީ: އައިމިނަތު ދީމާ ހާމިދު
ހާބް ޗިކަން
ބޭނުންވާ ތަކެތި:
1 ކުކުޅު (ނުކޮށާ)
1 ކެރެޓް
2 އަލުވި
200ގ ކޯލިފްލާވަރ
1 ފިޔާ (ބޮޑު)
1 ބޮނޑި ލޮނުމެދު
ސީޒަނިންއަށް ބޭނުންވާނެ ތަކެތި:
1/2 ބަޓަރ (މެލްޓް ކޮށްފައި)
1/2 މޭޒުމަތީ ސަމުސާ މިކްސް ހާބްސް
1 ސައި ސަމުސާ ރޯޒްމެރީ
1 ސައިސަމުސާ ތައިމް
1 ސައިސަމުސާ ޕާސްލީ
1 ސައިސަމުސާ ދިރި
1 މޭޒުމަތީ ސަމުސާ ޗިލީ ޕައުޑަރ ނުވަތަ ލޮނު މިރުސް
2 ސައިސަމުސާ ލޮނުމެދު ޕައުޑަރ
2 ސައިސަމުސާ އިނގުރު ޕައުޑަރ
ރަހަލާ ވަރަށް ލޮނު
ތައްޔާރުކުރާނެ ގޮތް:
މެލްޓް ކޮށްފައި ހުރި ބަޓަރުގެ ތެރެއަށް ހުރިހާ ސީޒަނިންއެއް އެއްކޮށްލުމަށްފަހު އޭގެ 1/3 ތަރުކާރީތަކާއި މަޑުމަޑުން މިކްސް ކޮށްލާށެވެ. ދެން ބާކީ ހުރި ބާކީ ހުރި ސީޒަނިން ކުކުޅުގައި އުނގުޅާލާށެވެ. ކުކުޅު އިތުރަށް ކުޅި ކުރަން ބޭނުންވާ ނަމަ، ކުކުޅުގެ މައްޗަށް ޗިލީ ޕައުޑަރުކޮޅެއް ބުރުވާލާށެވެ. ދެން ބޭކިން ޓްރޭގައި އެންމެ ފުރަތަމަ ތަރުކާރީ ފަތުރާލުމަށްފަހު އޭގެ މަތީގައިކުކުޅު ބެހެއްޓުމަށްފަހު ގަދަ ހޫނުގައި ފިހެލާށެވެ.