- Advertisement -ad image

ހިރާސްބަދިގެ: ބްރެޑް ޕުޑިން

ad image

ގުޅުންހުރި ލިޔުންތައް

ރެސިޕީ: އައިމިނަތު ދީމާ ހާމިދު

ބްރެޑް ޕުޑިން

ބޭނުންވާ ތަކެތި:

10 ފޮތި ޕާން

ބަޓަރ

1 ޖޯޑު ކިރު

3 ބިސް

4 މޭޒުމަތީ ސަމުސާ ހަކުރު

2 ސައިސަމުސާ ވެނީލާ އެކްސްޓްރެކްޓް

ޗޮކްލެޓް ޗަންކްސް

އޮއްސާލަން ބޭނުންވާތަކެތި:

2 1/2 ޖޯޑު ކިރު

1/2 ޖޯޑު ފެން

2 މޭޒުމަތީ ސަމުސާ ކަސްޓަޑް ޕައުޑަރ

3 މޭޒުމަތީ ސަމުސާ ހަކުރު

ތައްޔާރުކުރާނެ ގޮތް:

ޕާން ފޮތިތަކުގެ އެއްފަރާތުގައި ބަޓަރު ހާކާށެވެ. އެއަށްފަހު ކޮންމެ ޕާން ފޮއްޗެއް 4 ފަޅިއަށް ވާގޮތަށް ފަޅާލުމަށްފަހު ޓްރޭއެއްގައި ތަރުތީބުކޮށްލާށެވެ. ވަކި ބޯތައްޓެއްގައި ކިރު، ބިސް، ހަކުރު އަދި ވެނީލާ އެކްސްޓްރެކްޓް އެއްކޮށްލާށެވެ. ޕާންކޮޅުތައް މައްޗަށް މި މިކްސްޗަރ އަޅާލުމަށްފަހު ފޯކޮށްލަން ބަހައްޓާށެވެ. މައްޗަށް ޗޮކްލެޓް ޗަންކްސްތައް ސްޕްރިންކަލް ކޮށްލުމަށްފަހު (މީޑިއަމް ޓު ހައި ހީޓް)ގައި 20 މިނެޓު ވަންދެން ފިހެލާށެވެ.

އެއަށްފަހު ތަވައެއްގައި ކިރު، ފެން ކަސްޓަޑް ޕައުޑާ އަދި ހަކުރު އެއްކޮށްލާށެވެ. މިކްސްޗަރ ތަންކޮޅެއް އޮލަވަންދެން މީޑިއަމް ހީޓްގައި ކައްކާލާށެވެ. ޕާން ފިހެވުމުން އަވަނުން ނެގުމަށްފަހު އޭގެ މައްޗަށް ކަސްޓަޑް މިކްސްޗަރ އަޅާލާށެވެ. ދެން ފިނިވުމުން ސާވްކޮށްލާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ