- Advertisement -ad image

ހިރާސްބަދިގެ: ލެމަން ޗިކަން

ad image

ގުޅުންހުރި ލިޔުންތައް

ރެސިޕީ: އައިމިނަތު ދީމާ ހާމިދު

ލެމަން ޗިކަން

ބޭނުންވާ ތަކެތި:

1 ކުކުޅު

1/2 ޖޯޑު އޮލިވް އޮއިލް

ލުނބޯ ތޮށި (ގާނާފައި)

ލުނބޯ ހުތް

ރަހަލާ ވަރަށް ލޮނު

2 ސައި ސަމުސާ ޕާސްލީ (ހިއްކާފައި ހުރި)

2 ސައި ސަމުސާ މާމުއި

1 ސައި ސަމުސާ ޗިލީ ޕައުޑަރ

1 ސައި ސަމުސާ އަސޭމިރުސް

1 މޭޒުމަތީ ސަމުސާ ލޮނުމެދު (ގާނާފައި)

1/2 މޭޒުމަތީ ސަމުސާ އިނގުރު (ގާނާފައި)

ތައްޔާރުުކުރާނެ ގޮތް:

ކުކުޅު ހުރިހާ އެއްޗެހި ބޯ ތައްޓެއްގައި އެއްކޮށްލާށެވެ. ދެން ތައްޔާރުކުރި އެއްކުރި ޕޭސްޓް ކުކުޅުގައި އުނގުޅާލުމަށްފަހު އިރުކޮޅަކު މެރިނޭޓް ކޮށްލަން ބަހައްޓާށެވެ. އޭގެ ފަހުން ލެމަން ސްލައިސް ކޮޅެއް އަޅާފައި ހުރި ބޭކިން ޓްރޭއަކަށް ލާށެވެ. އަދި މައްޗަށް ޗިލީ ޕައުޑާ ސްޕްރިންކަލް ކޮށްލުމަށްފަހު ގޯލްޑަން ބްރައުން ކުލަ އަރަންދެން ފިހެލާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ