ރެސިޕީ: އައިމިނަތު ދީމާ ހާމިދު
ޗިކަން ސްޕްރިންގ ރޯލްސް
ބޭނުންވާ ތަކެތި:
200ގ ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފައި)
1 ކެރެޓު
1 ޖޯޑު ކެބެޖު
1/2 ޖޯޑު ލީކްސް
1/3 ސްޕްރިންގ އޮނިއަން
1 ފިޔާ
4 ލޮނުމެދު
މިރުހެއްގެ 1/2
4 ބިސް
2 މޭޒުމަތީ ސަމުސާ ކޯންފްލާ
ސޯޔާ ސޯސް އަދި ލޮނު (ސީޒަނިން އަށް)
ފައިލޯ ޝީޓްސް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ބިސްތައް ސްކްރެމްބްލް ކޮށްލާށެވެ. ދެން ވަކި ތަވައެއްގައި ތެޔޮފޮދެއް ހޫނުކޮށްލުމަށްފަހު ލޮނުމެދު، ފިޔާ އަދި މިރުސް ކޮޅު މީރުކޮށްލާށެވެ. އެއަށްފަހު ކުކުޅު އަޅާފައި ރޯފިލަންދެން މީރުކޮށްލާށެވެ. ދެން ބާކީ ހުރި ތަރުކާރީއާއި ސްކްރެމްބްލްޑް އެގްސް އެއްކޮށްލާށެވެ. އޭގެފަހުގައި ސޯޔާ ސޯސް އާއި ލޮނު އަޅައިގެން ސީޒަން ކުރާށެވެ. ތަވައަށް އޅި ތަރކާރީތަކުން ނުކުތް ދިޔަތައް ހުސްވުމުން ކޯންފްލާކޮޅު އަޅާލައި، ރަނގަޅަށް އެއްކޮށްލުމަށްފަހު އުނދުން ނިއްވާލާށެވެ.