- Advertisement -ad image

ކަދުރާއި ކިއުކަމްބާ: ސުންނަތުން ސާބިތުވާ ފައިދާހުރި ކެއުމެއް!

ad image

ގުޅުންހުރި ލިޔުންތައް

ނަބިއްޔާގެ ބޭސްވެރިކަމާ ބެހޭ ގޮތުން ލިޔުއްވާފައިވާ ލިޔުއްވުމެއްގައި މަޝްހޫރު ޢިލްމުވެރިޔާ އިބްނުލް ޤައްޔިމް ވަނީ ކިއުކަމްބާއިން ލިބޭ ޞިއްޙީ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ރުތާބު (ތާޒާ ކަދުރު) އާއެކު ކިޠުތާ (ކިއުކަމްބާ) ފަރިއްކުޅުއްވާ އުޅުއްވި ކަމަށް ނަބިއްޔާ ޙަދީޘްފުޅުތަކުން ސާބިތުވާކަމަށް ވެއެވެ. [ތިރްމިޛީ އަތިމާ 37]

އިބްނުލް ޤައްޔިމް ވިދާޅުވެފައިވަނީ ކިއުކަމްބާއަކީ މިދެންނެވި ޞިއްޙީ ފައިދާތައް ލިބިގެންވާ އެއްޗެކެވެ.

ކައރުހިއްކުން ފިލުވައިދިނުން
ބަނޑުހައިވުން ކުޑަކޮށްދިނުން
ބްލެޑާގެ ތަދުތަކަށް ލުޔެއް
އޭގެ އޮށަކީ ޑައިޔުރެޓިކް (ހަށިގަނޑުގެ ތެރޭގައި ފެން އުފެއްދުމަށް އެހީތެރިވާ) އެއްޗެއް

އަދި ކިއުކަމްބާ ކެއުމަށް އެންމެ ރަނގަޅީ ކަދުރު، ރެއިޒިންސް ނުވަތަ މާމުއި ފަދަ އެއްޗެެއްސާއި އެކުގައި ކަމަށާއި އޭގެ ސަބަބުން ބަނޑަށް ކުރާ ނޭދެވޭ އަސަރުތައް ރަނގަޅުވެގެންދާނެ ކަމަށް އިބްނުލް ޤައްޔިމް ވިދާޅުވި އެވެ.

ޢަބްދުالله އިބްނު ޖަފަރު ރިވާކުރެއްވިއެވެ: “ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް، ކިއުކަމްބާއާ އެކުގައި ތާޒާ ކަދުރު ފަރިއްކުޅުއްވާތަން ތިމަންކަލޭގެފާނު ދެކެވަޑައިގެންނެވީމެވެ.”. [ޞަޙީޙް މުސްލިމް]

ކިއުކަމްބާގެ ހަގީގަތްތައް

ކިއުކަމްބާ ނިސްބަތްވަނީ ކަރާ، ޒުކިނީ، ބަރަބޯ އަދި އެހެނިހެން ސްކޮޝް ފަދަ ބާވަތްތަކާ އެއް އާއިލާއަކަށެވެ. ކިއުކަމްބާގެ މައިގަނޑު ދެ ބާވަތެއް ހުރެއެވެ. ތާޒާކޮށް ކެއުމަށް ހައްދާ ފައިވާ ތަކެއްޗާއި، ގިރުކިން ފަދަ އަސާރަ ހެދުމަށް ހައްދާ ތަކެއްޗެވެ.

ކިއުކަމްބާގެ އެތެރޭގެ ބައި އެކުލެވިގެންވަނީ ގާތްގަނޑަކަށް 95 އިންސައްތަ ފެނުގެ މައްޗަށް ކަމަށްވާއިރު، އޭގެ ތެރޭގައި ވިޓަމިން ސީ އާއި ކެފެއިކް އެސިޑް ވެސް އެކުލެވިގެންވެއެވެ. މިއީ ގުދުރަތީ ގޮތުން ކެންސަރު އިންހިބިޓަރެއް ކަމަށް ދައްކާ ކޮމްޕައުންޑެކެވެ. ކިއުކަމްބާގެ ތޮށިގަނޑުގައި ފައިބަރު އެކުލެވިގެންވާ އިރު ސިލިކާ، ޕޮޓޭސިއަމް އަދި މެގްނީޒިއަމް ފަދަ ތަފާތު ފައިދާހުރި މިނަރަލްސް ވެސް އެކުލެވިގެންވެއެވެ.

ކިއުކަމްބާގައި ފެނުގެ މިންވަރު ގިނަވުމުން ގުދުރަތީ ގޮތުން ހައިޑްރޭޓްވެ، ހަމުގެ އެކި ބާވަތްތަކުގެ މައްސަލަތަކަށް އާންމުކޮށް ކިއުކަމްބާ ބޭނުންކުރެއެވެ.

ކިއުކަމްބާގައި ހިމެނޭ ދެ ކޮމްޕައުންޑު ކަމަށްވާ އެސްކޯބިކް އެސިޑް (ވިޓަމިން ސީ) އާއި ކެފެއިކް އެސިޑް ގެ ސަބަބުން ފެން ހިފެހެއްޓުން ހުއްޓުވައިދޭ އިރު، މީގެ ސަބަބުން ލޯ ދުޅަވުން، ދިލަނެގުން އަދި ޑާމަޓައިޓިސްގެ ކަންކަމަށް ފަރުވާކޮށްދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ