- Advertisement -ad image

ހިރާސްބަދިގެ: ސޯސީ ޗިކެން ޕަފްސް

ad image

ގުޅުންހުރި ލިޔުންތައް

ރެސިޕީ: އައިމިނަތު ދީމާ ހާމިދު

ސޯސީ ޗިކެން ޕަފްސް

ބޭނުންވާ ތަކެތި:

200ގ ބޯންލެސް ޗިކެން ބްރެސްޓް (ފެނުކައްކާ، ޝްރެޑްކޮށްފައި ހުރި)

1 ފިޔާ (ގޮޅިކޮށް ކޮށާފައި)

4 ލޮނުމެދު (ހިމުންކޮށް ކޮށާފައި)

3 މޭޒުމަތީ ސަމުސާ ބަޓަރު

1 1/2 ޓޮމާޓޯ ޕޭސްޓު

4-6 މޭޒުމަތީ ސަމުސާ ޗިލީ ސޯސް

1 ސައިސަމުސާ ޗިލީ ޕައުޑަރު

2-3 މޭޒުމަތީ ސަމުސާ ކްރީމް ޗީޒް

ރަހަލާވަރަށް ލޮނާއި އަސޭމިރުސް

10 ޕަފް ޕޭސްޓްރީ (ހަތަރެސް ކަނަށް ހުރި)

އެންމެ ފުރަތަމަ ފިޔާ އަދި ލޮނުމެދު ބަޓަރުކޮޅުގެ ތެރެއަށް އަޅާލުމަށްފަހު މީރުކޮށްލާށެވެ. ދެން އޭގެތެރެއަށް ކުކުޅުކޮޅު އަޅާލުމަށްފަހު ކެކެމުންދާ ވަރަކަށް ދޭފަތުން ހަލަމުން ދާށެވެ. ދެން އޭގެތެރެއަށް ޓޮމާޓޯ ޕޭސްޓު، ޗިލީ ސޯސް އަދި ސީޒަނިންތައް އަޅާލާށެވެ. އެއަށްފަހު އޭގެތެރެއަށް ކްރީމް ޗީޒް އެއްކޮށްލުމަށްފަހު އުނދުން ނިއްވާލާށެވެ.

ދެން ޕަފް ޕޭސްޓްރީގެ މަތީގައި ކުކުޅު މިކްސްޗަރ ފަތުރާލާށެވެ. އެއަށްފަހު ޕޭސްޓްރީ ބަންދުކޮށްލުމަށްފަހު މެދު ގިނީގައި ދެ ފުށަށް ޖަހަމުން ފިހެލާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ