- Advertisement -ad image

ހިރާސްބަދިގެ: ޕެރީޕެރީ ސްލައިޑާސް

ad image

ގުޅުންހުރި ލިޔުންތައް

ރެސިޕީ: އައިމިނަތު ދީމާ ހާމިދު

ޕެރީޕެރީ ސްލައިޑާސް

ބޭނުންވާ ތަކެތި:
200ގ ބޯންލެސް ޗިކެން ބްރެސްޓް
1 ފިޔާ (ހިމުންކޮށް ކޮށާފައި)
2 ލޮނުމެދު (ހިމުންކޮށް ކޮށާފައި)
2 މޭޒުމަތީ ސަމުސާ ޕެރީޕެރީ ސޯސް
1 މޭޒުމަތީ ސަމުސާ ކްރީމް ޗީޒް
ރަހަލާ ވަރަށް ލޮނާއި އަސޭމިރުސް
މޮޒަރެއްލާ (ގާނާފައި ހުރި)
12 ބަނަސް
2 މޭޒުމަތީ ސަމުސާ ބަޓަރު
2 ސައިސަމުސާ ޕާސްލީ

ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ފިޔާ އަދި ލޮނުމެދުކޮޅު މީރުކޮށްލާށެވެ. ދެން ކުކުޅު ކޮޅު އަޅާކޮށްލުމަށްފަހު ފެންކޮޅު ހިނދެންދެން ކައްކާލާށެވެ. އެއަށްފަހު ސޯސްއަޅާލުމަށްފަހު އަނެއްކާވެސް އިރުކޮޅެއްވަންދެން ކައްކާލާށެވެ. ދެން އުނދުން ނިއްވާލުމުގެ ކުރިން ކްރީމް ޗީޒްކޮޅު އެއްކޮށްލާށެވެ.
ބަނަސްތައް މެދުން ފަޅާލުމަށްފަހު ތައްޔާރުކުރި މިކްސްޗަރ އެތެރެއަށް އަޅާލާފައި މޮޒަރެއްލާ ބޭނުންކޮށްގެން ގާނިޝްކޮށްލާށެވެ. އެންމެފަހު ކަމަކަށް ބަނަސްތައް މަތީގައި ބަޓަރުކޮޅެއް އުނގުޅާލުމަށްފަހު ޕާސްލީކޮޅެއް މައްޗަށް ބުރުވާލާފައި އަވަނުން ފިހެލާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ