- Advertisement -ad image

ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އިދިކޮޅުން ބާއްވާ ކޮންފަރެންސް މިއަދު ފަށާނެ!

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރު ބައްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހޯޕް ކޮންފަރެންސް މިއަދު ފަށާނެ ކަމަަށް ބުނެފިއެވެ.
މި ކޮންފަރެންސް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 4 ގެ ނިޔަލަށް ދަރުބާރުގޭގައެވެ.

މި ކޮންފަރެންސް ރަސްމީ ގޮތުން ފެށޭނީ މިއަދު މެންދުރު 13:30 ގައެވެ. އަދި އެއަށްފަހު ކުރިއަށްދާނީ ކޮންފަރެންސްގެ ސެޝަންތަކެވެ.
އެ ކޯލިޝަނުން ބުނީ ހުކުރު ދުވަހު ހަވީރު 15:45ގައި ކޮންފަރެންސްގެ ތެރެއިން ކުރިއަށްދާ “ބުންވަރު ހިނގާލުން” ޕީޕީއެމް އޮފީސް ދޮރުމަތިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.
ހުކުރު ދުވަހުގެ ރޭ އަދި ހޮނިހިރު ދުވަހު ކުރިއަށްދާނީ ކޮންފަރެންސްގެ ސެޝަންތައް ކަމަށާއި ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހު ރޭގަނޑު 20:30 ގައި އާޓިފިޝަލް ބީޗްގައި ކަމަށެވެ.

މި ކޮންފަރެންސްގައި ވަނީ 1000 އަށްވުރެ ގިނަ މަންދޫބުން ރަޖިސްޓަރ ކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނެނީ

ދާއިރާ ރައީސުން
ދާއިރާ ނައިބު ރައީސުން
ޒުވާނުންގެ ރައީސުން
އަންހެނުންގެ ރައީސުން
ސެނެޓަރުން
ކައުންސިލަރުން
ޑަބްލިއުޑީސީ

ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ