- Advertisement -ad image

ހުޅުމާލޭގެ މަގުތަކުގައި ހުރި ބޭކާރު ވެހިކަލްތައް ނަގަން އެޗްޑީސީން ނިކުމެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ގަވައިދާ ހިލާފަށް ބަހައްޓާފައި ހުރި ވެހިކަލްތައް ޓޯ ކުރުމުގެ މަސައްކަތް ދިވެހި ފުލުހުންނާއި ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ފަށައިފިއެވެ.

މިއީ މިދިޔަ ޑިސެމްބަރު މަހު އެކުންފުނިން ކުރިއަށް ގެންދިޔަ ސާރވޭއަކަށްފަހު ފެށި މަސައްކަތެކެވެ.
އުޅަނދުތައް ނެގުމުގެ މަސައްކަތް މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފަށަފައިވާކަމަށް އެޗްޑީސީން ބުނެއެވެ. އަދި ފުރަތަމަ ނަގަން ފަށާފައިވަނީ އިންޖީނު އަދި ރެޖިސްޓްރީ ބޯޑު ނެތި ގަވާއިދާ ޚިލާފަށް މަގުމައްޗަށް ދޫކޮށްލާފައިވާ އުޅަނދުތައްކަމަށް އެޗްޑީސީއިން ބުނެއެވެ.

އެޗްޑީސީގެ ސާވޭއިން ދައްކާގޮތުގައި ގަވާއިދަށް ހިލާފަށް ބަހައްޓާފައި ހުރި 370 އުޅަނދު ހުޅުމާލޭގެ އެކި ސަރަޙައްދުގައި އެބަހުއްޓެވެ. މީގެ އިތުރުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ 46 އުޅަނދެއްވެސް ފާހަގަކުރެވިފައިވާކަމަށް އެޗްޑީސީން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ