- Advertisement -ad image

ރައީސް ޔާމީން އެޅުއްވި ވިނަރެސް ފްލެޓްލިބޭ މީހުންގެ ދާއިމީ ލިސްޓް އާއްމުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރީގެ ރައީސް ޔާމިން އަޅުއްވައިދެއްވި ‘ވިނަރެސް’ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އާއްމުކޮށްފިއެވެ.
ވިނަރެސް ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އާންމުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ނަމަވެސް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުން ލިބުނު ޝަކުވާތައް މުރާޖާ ކޮށް ދާއިމީ ލިސްޓް އިއުލާނު ކުރީ ބުރާސްފަތި ދުވަހުއެވެ.
މެދުފަންތީގެ މީހުންނަށް ހާއްސަކޮށް ވިއްކުމަށް ހެދި ބޯހިޔާވަހިކަމުގެ މި މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރު ހިމެނެއެވެ. އެގޮތުން 3 ކޮޓަރީގެ 1344 ފްލެޓް ވިއްކުމަށް އެޗްޑީސީން ހުޅުވާލިއެވެ.


އެޗްޑީސީން ބުނީ، ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓުގައި ސީލައިފް، ހިޔާ އަދި ގުޅީފަޅު ކެޓެގަރީގެ އެއްވެސް ފަރާތެއް ނުހިމެނޭނެކަމަށެވެ.
މި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މައި-އެޕްލިކަންޓް އަދި ކޯ-އެޕްލިކަންޓްގެ ގޮތުގައި އެއް ފޯމަށްވުރެ ގިނަ ފޯމުގައި ނަން ހިމަނާފައިވާ ފަރާތްތަކަށް ކުރިއަށްދެވޭނީ އެންމެ ފޯމަކާއެކުކަމަށް އެޗްޑީސީން ހާމަކުރެއެވެ. އަދި ދެމަފިރިން ވަކިން ފޯމު ހުށައަޅާފައިވީނަމަވެސް، އެފަދަ ފަރާތްތަކަށް ދެވޭނީ އެންމެ ފްލެޓެއް ގަތުމުގެ ފުރުޞަތުކަމަށާއި އެހެންކަމުން އެކަން ހައްލުކުރުމުގެ ފުރުޞަތު ހުޅުވާލާނެކަމަށް އެޗްޑީސީން ބުނެއެވެ.

ވިނަރެސް މަޝްރޫޢުގެ ދަށުން ފްލެޓްތައް ތަރައްޤީކޮށްފައިވަނީ 4 ކޮންސެޕްޓަކަށެވެ. އެއީ އިނާ ވިއު، އައުޓާ ވިއު، މެރީނާ ވިއު އަދި ސްޓޭންޑާޑް ވިއު އެޕާޓްމެންޓްތަކެވެ. މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނެއެވެ. އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެނެއެވެ.

ވިނަރެސް ފްލެޓްގެ އަގު އުޅެނީ 2.5 މިލިއަނާއި 3.047 މިލިއަން ރުފިޔާއާ ދެމެދުގައެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. މި މައްކާރު ސަރުކާރުން އެ ފުލެޓުތަކުގެ ނަންބޯޑުވެސް މި ވަގުސަރުކާރުގެ ނަމުގާ ހިސޯރުކޮށް ހިފަހައްޓާފަ މިހާރު ބައިކުދީންނަށް ރަޖިސްޓަރީ ކޮށްދޭން ފެށީދޯ’، ކާޅު ހާލިހެދީމާ ކޮވެލި ބިސްއެޅީދޯ، ހަމަ ކޮވެލި ސަރުކާރެއް މީ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ