- Advertisement -ad image

ނިމުނު އަހަރު ރާއްޖެއިން ބޭރުގައި ކުރި 180 އަށް ވުރެ ގިނަ ކައިވެނި ފެމިލީ ކޯޓުން ރަޖިސްޓްރީ ކުރި!

ad image

ގުޅުންހުރި ލިޔުންތައް


ނިމުނު 2022 ވަނަ އަހަރު ރާއްޖެއިން ބޭރުގައި ކޮށްފައިވާ 184 ކައިވެނި ރަޖިސްޓްރީކޮށްފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.

ފެމިލީ ކޯޓުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރު ރަޖިސްޓްރީ ކުރަން ހުށަހެޅުނީ 176 ކައިވެނި ކަމަށެވެ. އަދި 2021 ވަނަ އަހަރު ނިމުނު އިރު 24 ކައިވެނި ރަޖިސްޓްރީ ނުކޮށް ހުރި އިރު މިދިޔަ އަހަރު ނިމުނު އިރު ޖުމުލަ 184 ކައިވެނި ވަނީ ފެމިލީ ކޯޓުގައި ރަޖިސްޓްރީކޮށްފައެވެ.

އަދި 2022 ވަނަ އަހަރު ނިމުނު ރާއްޖެއިން ބޭރުގައި ކޮށް ފެމިލީ ކޯޓަށް ރަޖިސްޓްރީ ކުރަން ހުށަހެޅި 16 ކައިވެނީގެ މައްސަލަ އަދި ނުނިމެއެވެ.

މިދިޔަ އަހަރު އެ ކޯޓުން ވަނީ ޖުމުލަ 2514 ކައިވެންޏާއި 1346 ވަރިކޮށްދީފައެވެ. 2021 ވަނަ އަހަރު އެއް މައްސަލައާއި 2022 ވަނަ އަހަރު 20 މައްސަލައެއް ވަލީ ހޯދުމަށް އެދި ފެމިލީ ކޯޓަށް ހުށަހަޅާފައި ވާއިރު އޭގެ ތެރެއިން 18 މައްސަލައެއް ވަނީ ނިންމާފައެވެ.

ވަރިވުމަށް އެދި 2021 ވަނަ ނިމުނުއިރު، ނުނިމިއޮތް 134 މައްސަލައަކާއި 2022 ގައި 660 މައްސަލައެއް ހުށަހަޅާފައި ވާއިރު 698 މައްސަލައެއް ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ