- Advertisement -ad image

ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރު ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރާނެކަން ހާމަކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


1 މޭ އިން ފެށިގެން ސަރުކާރު ހުރިހާ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރާނެކަން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ހާމަކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ މިއަދު މަޖިލީހުގައި އިއްވި ރިޔާސީ ބަޔާނުގައެވެ.
ރައީސް ސާލިހު ވިދާަޅުވީ، މީގެކުރިން ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ބޮޑު ބަދަލެއް ގެނެސްފައިވާނެ ކަމަށެވެ.
“ މި އަހަރު ކުރިއަށް އޮތީ ސިއްހީ ދާއިރާ. އިރާދަކުރެއްވިއްޔާ، އަންނަ މޭ މަހުގެ 1ން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެ “ ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ، ސަރުކާރު ވުޒާރާތަކުގެ 35 ޕަސެންޓް އެލަވަންސް ނުލިބި މިހާރު ތިބި ހުރިހާ މުވައްޒަފުންނަށް، 1 މޭ އިން ފެށިގެން މި އެލަވަންސް ލިބިގެންދާނެ ކަމަށެވެ.
އަދި އަންނަ މާރިޗު މަހު ރާއްޖޭގެ ޔުނިވަރސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށްވެސް އެ ހެޔޮ ބަދަލު އަންނާނެ ކަމަށާއި ޕޭ ހާމަނައިޒް ކުރުން ނިމިގެންދާއިރު، ޝަރުޢީ ދާއިރާއާއި، އިމާމުންނާއި މުދިމުންނާއި އަދި ޖުމްލަކޮށް، ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ ކަމަށް ރައީސް ސާލިހު ވިދާަޅުވިއެވެ.

މީގެ ކުރިންވެސް ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރާނެ ކަމަށް ސަރުކާރުން އެެތައް ފަހަރަކު ބުނި ނަމަވެސް ވަކި ތާރީހެއް ދީފައެއް ނުވެއެވެ. މިކަމާ ގުޅިގެން ސިއްހީ ދާއިރާގެ މުވައްޒަފުން އެކި ފަހަރު މަތިން މުޒާހާވެސް ކުރި އެވެ.
އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ޔުނިވަރސިޓީތަކުގެ ލެކްޗަރާއިންގެ މުސާރަ ބޮޑު ނުކުރާތީ އެތައް ސިޓީއެއް ރައީސްއަށްވެސް ލެކްޗަރާއިން ފޮނުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ