- Advertisement -ad image

ކުރިން ބުނި އެތި ކެންސަލްކޮށް އަސްލަމް ވިދާޅުވީ އަމީނީ މަގު ނިންމަން ވަގުތު ނަގާނެ ކަމަށް

ad image

ގުޅުންހުރި ލިޔުންތައް


އަމީނީ މަގު ތާރުއަޅައިގެން ހެދުމަށް މި ސަރުކާރުން ކުރިން ބުނެފައިވާ ތާރީހަށް ނުނިމޭނެކަން މިނިސްޓަރ އޮފް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަމީނީ މަގު ހެދުމުގެ މަޝްރޫއުއާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އެ މަސައްކަތް ނިންމަން ފުރަތަމަ ކަނޑައެޅި ތާރީހަށް މިހާރު މަސައްކަތް ނިންމާނުލެވޭނެ ކަމަށެވެ.
މި މަސައްކަތް ކުރުމަށް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފައިވަނީ 210 ދުވަސް ތެރޭ ނިންމުމަށެވެ.
އަދި 84 މިލިއަން ރުފިޔާގެ މި މަޝްރޫއު އެއްބަސްވުމާއި އެއްގޮތަށް ނިންމާނަމަ މިހިނގާ ފެބްރުއަރީ މަސް ތެރޭ ނިންމެން ޖެހެއެވެ. އެހެން ނަމަވެސް މިހާތަނަށް ނިމިފައިވާ ވަނީ މަގުގެ ކުޑަ މިންވަރެކެވެ.

އަސްލަމު ވިދާޅުވީ މިހާރު މަސައްކަތްދާ ގޮތުން އަމީނީ މަގުގައި ތާރުއަޅައި މަގުގެ މަސައްކަތް މުޅިން ނިންމާލެވޭނީ ސެޕްޓެމްބަރު މަހަށް ކަމަށެވެ. މަގު ހެދުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެމްޑަބްލިއުއެސްސީއަށް ބޭނުންވާ ހޮޅިތައް ފޯރުކޮށްނުދެވުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ