- Advertisement -ad image

ޝަރުއީ ދާއިރާ މަސައްކަތް ކުރަނީ ފުރިހަމަ މިނިވަންކަމާ އެކު، މުސްތަގިއްލު ބާރެއްގެ ގޮތުގައި: ރައީސް

ad image

ގުޅުންހުރި ލިޔުންތައް


ޝަރުއީ ދާއިރާ މިއަދު މަސައްކަތް ކުރަމުން އަންނަނީ ފުރިހަމަ މިނިވަންކަމާ އެކު، މުސްތަޤިއްލު ބާރެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާަޅުވެއްޖެއެވެ.
ރައީސް ސާލިހު މިހެން ވިދާޅުވީ 2023 ވަނަ އަހަރަށް ޤަޟާއީ އަހަރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ސާލިހު ވިދާޅުވީ، ފަނޑިޔާރުގޭގެ ޒިންމާއަކީ އެންމެހައި ފަރުދުންގެ މެދުގައި ޢަދުލު އިންޞާފު ޤާއިމުކޮށްދިނުން ކަމަށާއި އަނިޔާއިން އެއްކިބާވެ ޢަދުލަށް ނިޔާ ކަނޑައަޅައި، ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުން ކަމަށެވެ.
އަދި އެ ޒިންމާ އަދާކުރެވޭނީ ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަކީ، ފަނޑިޔާރުންގެ އެންމެ އިސް އަމާޒު ކަމުގައި ހަދައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
“ އެ އަމާޒު ޙާޞިލުކުރެވޭނީ، ފަނޑިޔާރުންގެ ޙުކުމްތައް ބިނާކުރާ މަޞްދަރަކީ، އިސްލާމީ ޝަރީޢަތާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ކަމަށް ހަދައިގެން “ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސާލިހު ވިދާޅުވީ، މިނިވަންކަމާއި ބާރު، ރާއްޖޭގެ ޤާނޫނުއަސާސީން އޮތީ ފަނޑިޔާރުގެއަށް ދީފައި ކަމަށާއި ޝަރުޢީ ދާއިރާ މިއަދު މަސައްކަތް ކުރަމުން އަންނަނީ ފުރިހަމަ މިނިވަންކަމާ އެކު، މުސްތަޤިއްލު ބާރެއްގެ ގޮތުގައި ފަނޑިޔާރުގެއިން ކަން ކުރަންވީ ގޮތާއި ނުކުރަންވީ ގޮތް ބުނެދޭންޖެހޭ އެހެން ބަޔަކު ނުތިބޭނެ ކަމަށެވެ.
“ ދިވެހިރާއްޖޭގެ ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން އޮތް ނުރަނގަޅު ތަޞައްވުރު، މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް މިހާރު އަޅުގަނޑަށް ދެންނެވިދާނެ “ ރައީސް ސާލިހު ވިދާޅުވިއެވެ.
ފަނޑިޔާރުގޭގެ ނިންމުންތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި އަންނަނީ އިތުބާރު އުފެދެމުން ކަމަށާއި އެ އިތުބާރު އުފެއްދުމަކީ، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ވަރަށް މުހިންމު އަމާޒެއް ކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ސާލިހު މިހެން ވިދާޅުވިއިރު އިދިކޮޅު ލީޑަރު ކުރީގެ ރައީސް ޔާމީން ޖަލަށްލާފައިވަނީ ނުހައްގުން ކަމަށާއި އެމަނިކުފާނަށް ކޮށްފައިވަނީ ހަރާމް ހުކުމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ