- Advertisement -ad image

ގްރީން ޕާޓީ އުފެއްދުމުގެ ހުއްދަ ޖާބިރަށް

ad image

ގުޅުންހުރި ލިޔުންތައް


“ ގްރީން ޕާޓީ އޮފް މޯލްޑިވްސް”ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ހ.ތިމާވެށި އަބްދު ﷲ ޖާބިރަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓުވީޓެއްގައި ބުނީ ގްރީން ޕާޓީ އުފެއްދުމުގެ ހުއްދަ ޖާބިރަށް ދިނީ މިއަދު ކަމަށެވެ. ޖާބިރު އަކީ މިހާރުވެސް ޑީއާރުޕީގެ ލީޑަރުގެ ގޮތުގައި ހުންނެވި ފަރާތެކެވެ.
ނަމަވެސް ތިންހާސް މެންބަރުން ހަމަކުރަން ދިން ތާރީހުގައި އެއަދަދު ހަމަނުކުރެވުމުން ޑީއާރުޕީ އުވާލުމަށް އިލެކްޝަނުން ވަނީ ނިންމާފައެވެ.

ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ލީޑަރުކަމުންނާއި މެންބަރުކަމުން ވެސް ވަނީ މިހާރު ވަކިވެފައެވެ.
މިއާއެކު ޑީއާރުޕީގެ ދަރަންޏަށް ޒިންމާވާނެ ފަރާތަކާމެދު ވަނީ ސުވާލު އުފެދިފައެވެ. މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ހަބީބު ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކުގެ ދަރަންޏަށް ޒިންމާވާންޖެހޭ ފަރާތެއް ޤާނޫނުގައި ކަނޑައެޅިފައި އޮތުމަކީ މުހިންމު ކަމެއްކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި މިހާރަކު އެބައެއް ނެތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ